ގޮތް ނޭނގޭ ބަލިމަޑުކަމެއް އިންޑިޔާގައި ފެތުރެނީ!

Loading

Facebook
Twitter
WhatsApp

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ސިޓީ އެއްކަމަށްވާ އެލުރޫގައި ގޮތް ނޭނގޭ ބަލިމަޑުކަމެއް ފެތުރެން ފަށައިފިއެވެ.

100 އަށްވުރެ ގިނަ މީހުންނަށް މިބަލިޖެހި، ބަލިޖެހުނު 45 އަހަރުގެ ޒުވާން ފިރިހެނަކު ވަނީ ހޮސްޕިޓަލްގައި ފަރުވާދެނިކޮށް މަރުވެފައެވެ.

އެލުރޫގެ ގިނަ ބަޔަކަށް މި ބަލި ޖެހެން ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ބަލިވި ގިނަ ބަޔަކު ލޯކަރާ، ހޮޑުލާހެދިއެވެ. އަދި ބައެއް މީހުން ހޭނެތި ފިޓު ޖެހޭ ގޮތްވެސްވިއެވެ.

300 އާއި ގާތް ކުރާ އަދަދަކަށް މީހުންނަށް އެބަލީގައި އެޑްމިޓް ކޮށްގެން ފަރުވާދީ 140 މީހުންވަނީ ފަރުވާދީ ރަނގަޅުވުމުން ގެޔަށް ދޫކޮށްލާފަ ކަމަށް NDTV އިން މައުލޫމާތުދެއެވެ.

އުއްތަރަ ޕްރަދޭޝް ސްޓޭޓުގެ ހެލްތު މިނިސްޓަރު އޭ އަލަ ކަލީ ކްރިޝްނާ ސްރިނިވަސް ވިދާޅުވެފައިވަނީ، މިމީހުންނަށް ބަލި ޖެހުނު ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެމީހުން ކޮވިޑް-19އަށް ޓެސްޓް ކުރި ކަމަށާއި އެމީހުންނަށް ޖެހިފައިވަނީ ކޮވިޑް ނޫންކަން ޔަޤީންވާ ކަމަށެވެ.​

މީގެ އިތުރުން ​ބަލިވި މީހުންގެ ފަރާތުން ވައިރަލް އިންފެކްޝަނެއް ނުފެންނަ ކަމަށެވެ. އަދި އެ ބައްޔާ ބެހޭ މައުލޫމާތު އެނގޭނީ ލެބް ސާމްޕަލްތަކުގެ ނަތީޖާ ލިބުމުން ކަމަށް ސްރިނިވަސް ވިދާޅުވިއެވެ.

އޮފިޝަލުން ގޭގެއަށް ގޮސް އެ ބަލީގެ އަސަރު އިތުރު ބަޔަކަށް ކޮށްފައިވޭތޯ ބެލުމަށާއި ބަލިވި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި މީހުންގެ ހާލު މޮނިޓާކޮށް ސާވޭއެއް ކުރިޔަށް ގެންދަން މިހާރު ވަނީ ފަށާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް