ޓްރެންޗް ފީވާ ކެނެޑާއިން އަނެއްކާވެސް ފެނިއްޖެ!

Loading

Facebook
Twitter
WhatsApp

ރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދުނިޔެއިން އެތައް މިލިއަން މީހުން މަރާލި ”ޓްރެންޗް ފީވާ“ ކެނެޑާއިން ފެނިއްޖެއެވެ.

ކެނެޑާއިން މި ބަލި ފެނިފައި މިވަނީ 20 އަހަރު ފަހުންނެވެ.

މި ބަލި ފެތުރެނީ ބާޓޮނެއްލާ ކުއިންޓާނާ ނަމަކަށް ކިޔާ ބެކްޓީރިއާ އަކުންނެވެ. މި ބަލި އެކަކު ގައިން އަނެކެއްގެ ގަޔަށް ފެތުރެނީ އުކުނުގެ ޒަރީއާއިންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޓްރެންޗް ބަލި ފެނިފައި ވަނީ ކެނެޑާގެ ގެދޮރުނެތް ފަގީރުންގެ ތެރެއިންނެވެ. އަދި މި މީހުންގެ ތެރޭގައި މިބަލި ހަލުވިކަމާއެކު އަންނަނީ ފެތުރެމުންނެވެ.

ކެނެޑާގެ މަނިޓޯބާ އަވަށުގައި މަގުމަތީގައި ދިރިއުޅޭ ހަތަރު މީހެއްގެ ގައިން ފާއިތުވި ހަފްތާގެ ތެރޭގައި ވަނީ މި ބަލި ފެނިފައި ކަމަށް ކެނެޑާގެ މެޑިކަލް އެސޯސިއޭޝަންއިން ކުރި ދިރާސާއަކުންވަނީ ދައްކާފައެވެ.

ބަލީގެ އަލާމާތްތަކަކީ އެހެން ހުންތަކާ އެއް ކަހަލަ އަލާމާތްތަކެއް ނަމަވެސް މިއީ ފުރާނަ އަށް ނުރައްކާވާފަދަ ބައްޔެކެވެ.​

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް