ވާޗުއަލް ޤަައުމީ މުބާރާތުގެ ފައިނަލް ބުރަށް ހޮވުނު ބައިވެރިންގެ ލިސްޓް އާންމުކޮށްފި!

Loading

Facebook
Twitter
WhatsApp

ކީރިތި ޤުރާނާއިބެހޭ ޤައުމީ މަރުކަޒާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް 2020 ގެ ފައިނަލް ބުރަށް ހޮވުނު ބައިވެރިންގެ ލިސްޓް އާންމުކޮށްފިއެވެ.

ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް ފަށައިފައި ވަނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.​

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ މުބާރާތުގައި ބައިވެރިވުމަށް ޖުމްލަ 2598 ބައިވެރިން ވީޑިއޯ ހުށަހެޅި ކަމަށެވެ. އެއީ ދިގު ރާގަށް ކިޔެވުމަށް ހުށަހެޅި 195 ބައިވެރީންނާއި ކުރު ރާގަށް ކިޔެވުމަށް ހުށަހެޅި 2398 ބައިވެރިންނެވެ.

އޭގެ ތެރެއިން ފައިނަލް ބުރަށް ހޮވިފައި ވަނީ 343 ބައިވެރިންނެވެ. އެއީ ކުރު ރާގަށް ކިޔެވުމަށް ހުށަހެޅި 309 ބައިވެރީންނާއި ދިގު ރާގަށް ކިޔެވުމަށް ހުށަހެޅި 34 ބައިވެރިންނެވެ.

މުބާރާތް ކުރިއަށް ގެންދަނީ، މިނިސްޓްރީގެ ހާއްސަ ޕޯޓަލްއެއް އަދި ވައިބާ މެދުވެރިކޮށް ރެކޯޑިން ފޮނުވައިގެންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފައިނަލް ބުރަށް ހޮވުނު ބައިވެރިންގެ ރެކޯޑިން ހުށަހަޅާނީ 13 ޑިސެމްބަރު ވާ އާދީއްތަ ދުވަހުގެ 08:00 އިން 17 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ޕޯޓަލް އަދި ވައިބާ މެދުވެރިކޮށް ވަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ފައިނަލް ބުރަށް ހޮވުނު ބައިވެރިންގެ ލިސްޓާއި އެކު ފައިނަލް ބުރުގައި ވީޑިއޯ ރެކޯޑުކުރާ އިރު ސަމާލުކަން ދޭންވީ ކަންކަން ވެސް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް