​ފައިޒަރ ވެކްސިން އަށް ރަޖިސްޓްރީ ވާން ހުޅުވާލައިފި!

ސިއްހީ ހާއްސަ ހާލަތެއްގައި ތިބި މީހުންނަށް ރާއްޖޭގައި ފައިޒާ ވެކްސިން ދޭން ނިންމައި ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވާން ހުޅުވާލައިފިއެވެ. ރާއްޖޭގައި ފައިޒާ ވެކްސިންގެ 5،000 ވުރެ ގިނަ ޑޯޒް އެބަހުއްޓެވެ. ނަމަވެސް އެޗް.ޕީ.އޭއިން މިރޭ ވިދާޅުވީ ފައިޒަަރ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ޚާއްޞަ ޙާލަތްތަކެއްގައިވާ ފަރާތްތަކަށް އެކަނިކަމަށާއި، މިގޮތުން މި ވެކްސިންދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަނޑުގެ ދިފާޢީ ނިޒާމް ދަށްވެފައިވާ ޙާލަތްތަކުގެ މީހުންނަށްކަމަށެވެ. މި ވެކްސިން ޖަހަމުންގެންދާނީ ރަޖިސްޓަރވާ ފަރާތްތަކަށް އަންގާ ވަގުތު ހަމަޖައްސައިގެންނެވެ. އަދި […]

ކޯވިޑް19: މިއަދު ފެނުނީ އިތުރު 132 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 132 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 45 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 19މީހަކާއި ސިނާޢީ މަސައްކަތް ކުރަމުން އަންނަ ރަށަކުން އެކަކު ވަނީ ފައްސިވެފައެވެ. އަނެއް 67 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 24,783 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 3,061 އެކްޓިވް ކޭސް ހިމެނޭއިރު 83 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން […]

1149 މީހަކު ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފި!

​ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ދެމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒްގެ ވެކްސިން 1149 މީހަކު ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ. ​އެޗްއީއޯސީ އިން ބުނީ އިއްޔެ 1149 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާއިރު، އިއްޔެ ދެވަނަ ޑޯޒް ދިނީ ފެބްރުއަރީ ފުރަތަމަ ދުވަހާއި ހަތަރުވަނަ ދުވަހާ ދެމެދު ވެކްސިން ޖެހި މީހުންނަށެވެ. މިއަދު ދެވަނަ ޑޯޒް ދޭނީ ފެބްރުއަރީ 01 އިން 07 އަށް ފުރަތަމަ […]

​ކޮވިޑް19: ރެކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެ!

ރާއްޖެއިން މިއަދު ކޯވިޑް19 އަށް 300 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 96 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 15 މީހަކާއި ސިނާޢީ މަސައްކަތް ކުރަމުން އަންނަ ރަށަކުން 95 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 94 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ24,379 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 3,022 އެކްޓިވް ކޭސް ހިމެނޭއިރު 101 ފަރާތަކަށް ދަނީ އެޑްމިޓް […]

​ކޮވިޑް 19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަށް އުވާލައިފި!

މާލެ ސަރަހައްދުގައި ކޮވިޑް19 ގެ ހާލަތު ރަނގަޅު ވަމުން ގޮސް މިހާރު ޕޮސިޓިވް ކޭސް ތަކުގެ އަދަދު 100 އަށް ވުރެ ދަށުގަ އުޅޭތާ ހަފްތާ އަކަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. ޢެހެންކަމުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ރޭގައި ނެރުއްވި އެންގުމުގައި ވިދާޅުވެފައި ވަނީ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު، ހުޅުލެ) ގައި މިހާރުން ފެށިގެން، ވަކިގޮތެއް އަންގާންދެން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ރޭގަނޑު […]

ކޯވިޑް19: ކޭސްތައް ބޮޑު ތަނުން މައްޗަށް!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 241 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 74 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 15 މީހަކާއި ސިނާޢީ މަސައްކަތް ކުރަމުން އަންނަ ރަށަކުން 79 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 73 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ24,079 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,849 އެކްޓިވް ކޭސް ހިމެނޭއިރު 99 ފަރާތަކަށް ދަނީ އެޑްމިޓް […]

ދެވަނަ ޑޯޒް ޖެހުމަށްފަހު އެތެރޭގެ ދަތުރުތައް ކުރެވޭނެ: މަބްރޫކް

ކޮވިޑް-19 އަށް ދެމުން އަންނަ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރުމަށްފަހު ރާއްޖެތެރޭގައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސިގެންދާނެ ކަމަށް ސަރުކާރުގެ ސްޕޯކްސްޕާސަން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވާޗުއަލްކޮށް ބޭއްވި މީޑިއާ ބްރީފިންއެއްގައި އޭނާ ވިދާޅުވީ، ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފަހު، ރާއްޖޭގެ އެތެރޭގައި ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. ނަމަވެސް ވެކްސިން ޖެހުމަށް ފަހު ދަތުރު ކުރެވެނީ ސީދާ ކިތައް ދުވަސް ފަހުން ކަން އަދި ނިންމާފައި ނުވާ ކަމަށް […]

​ގެއްލިގެން ހޯދަމުންދިޔަ ސިފައިންގެ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ!

ލ.އަތޮޅު ކައްދޫ ކައިރިން މޫދަށް ފޭބި ސިފައިންގެ 4 މީހެއްގެތެރެއިން ގެއްލިގެން ހޯދަމުންދިޔަ ލާންސްކޯޕްރަލް ޙުސައިން ފާރިޝް ކަނޑުއަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ. ފާރިޝް ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ 17:40 ގައެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، ސިފައިންގެ މީހާގެ ހަށިގަނޑު ފެނުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ކޯސްޓުގާޑުގެ ޑައިވަރުންނަށް ކަމަށެވެ. މޫދަށް ފޭބި 4 ސިފައިންގެ މީހުންގެ ތެރެއިން އިތުރު މީހަކު ގެނބިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށާ، އޭނާ ގެނބުނީ […]

ރާއްޖެ އިން އިތުރު 1,700 މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން މިއަދު 1,700 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދަނީ ޗައިނާގެ ސިނޮފާރމް ވެކްސިނެވެ. މިއަދު ވެކްސިން ދިން މީހުންގެ ތެރެއިން 651 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 1,049 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން މިހާތަނަށް 129,720 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަދި އަތޮޅު […]

ކޯވިޑް19: މިއަދު ފެނުނީ އިތުރު 147 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 147 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 69 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 10 މީހެއް، ސިނާޢީ މަސައްކަތް ކުރަމުން އަންނަ ރަށަކުން ދެމީހަކު އަދި ހަދަމުންދާ ރިސޯޓަކުން މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 65 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 23,671 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,759 އެކްޓިވް ކޭސް ހިމެނޭއިރު […]