​ކޮވިޑް 19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަށް އުވާލައިފި!

Loading

Facebook
Twitter
WhatsApp

މާލެ ސަރަހައްދުގައި ކޮވިޑް19 ގެ ހާލަތު ރަނގަޅު ވަމުން ގޮސް މިހާރު ޕޮސިޓިވް ކޭސް ތަކުގެ އަދަދު 100 އަށް ވުރެ ދަށުގަ އުޅޭތާ ހަފްތާ އަކަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.

ޢެހެންކަމުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ރޭގައި ނެރުއްވި އެންގުމުގައި ވިދާޅުވެފައި ވަނީ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު، ހުޅުލެ) ގައި މިހާރުން ފެށިގެން، ވަކިގޮތެއް އަންގާންދެން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ރޭގަނޑު 23:00 އިން ފެށިގެން ފަތިހު 04:30 އަށް މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު، ވަނީ އުވާލައިފައެވެ.

މީގެއިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުޅުވައިލުމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޕްރީސްކޫލްތަކާއި، ނާސާރީތަކުގައި ކިޔަވައިދިނުން ވެސް ހުޅުވައިލުން ހިމެނެއެވެ.

މީގެ ކުރިންވެސް ​ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެ އޭޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް، ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް އަދި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ވެސް އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހުޅުވުމަށް ނިންމާފައެވެ.

Loading

One Response

  1. އަހާ އެ އުވާލީ؟ ހަމަ ވޯޓް ނުލިބިދާނެހެން ހީވީމާ ޑޯޓުޑޯ ޖެއްސުމަށް ކޮނޑާ ކޮނޑުޖެއްސުމަށް އޯކޭވީ. މީދެން ބޮޑު ޖޯކެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް