​ކޮވިޑް19: ރެކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން މިއަދު ކޯވިޑް19 އަށް 300 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 96 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 15 މީހަކާއި ސިނާޢީ މަސައްކަތް ކުރަމުން އަންނަ ރަށަކުން 95 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 94 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ24,379 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 3,022 އެކްޓިވް ކޭސް ހިމެނޭއިރު 101 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 67 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 21,282 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް