ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 121 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 121 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 46 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 12 މީހެއް، ސަފާރިއަކުން އެކަކާއި ސިނާޢީ މަސައްކަތް ކުރަމުން އަންނަ ރަށްތަކަކުން 13 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 49 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 23,524 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,728 އެކްޓިވް ކޭސް ހިމެނޭއިރު 93 […]

ރާއްޖެ އިން އިތުރު 2,045 މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން އިއްޔެ 2,045 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދަނީ ޗައިނާގެ ސިނޮފާރމް ވެކްސިނެވެ. އިއްޔެ ވެކްސިން ދިން މީހުންގެ ތެރެއިން 776 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 1,269 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން މިހާތަނަށް 129,069 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަދި އަތޮޅު […]

ރާއްޖެ އިން އިތުރު 2,434 މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން މިއަދު 2,434 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދަނީ ޗައިނާގެ ސިނޮފާރމް ވެކްސިނެވެ. މިއަދު ވެކްސިން ދިން މީހުންގެ ތެރެއިން 1,016 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 1,418 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން މިހާތަނަށް 128,293 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަދި އަތޮޅު […]

ކޯވިޑް19: މިއަދު ފެނުނީ އިތުރު 166 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 166 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 52 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 11 މީހަކާއި ސަފާރިތަކުންވެސް 11 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 91 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 23,403 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,712 އެކްޓިވް ކޭސް ހިމެނޭއިރު 98 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ […]

​މިއަހަރުގެ މިސްޓަރ މޯލްޑިވްސް އަކަށް ޔާމްބެ!

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހޮވާ މި އަހަރުގެ މިސްޓަރ މޯލްޑިވްސްގެ މަޤާމު މުޙައްމަދު ޔާމީން (ޔާމްބެ) އަށް ލިބިއްޖެއެވެ. އޮލިމްޕަސް ސިނަމާގައި ރޭ ބޭއްވި 19 ވަނަ ޤައުމީ ބޮޑީބިލްޑިން އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕު ​ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. މި އަހަރުގެ މިސްޓަރ މޯލްޑިވްސްގެ މަޤާމު ހޯދި ޔާމްބެ ވަނީ 2017 ވަނަ އަހަރުވެސް މި މަޤާމު ހޯދާފައެވެ. މި އަހަރުގެ މިސްޓަރ މޯލްޑިވްސްއަކަށް ޔާމްބެ ހޮވުނުއިރު، […]

ދިވެހި ޕްރިމިއާ ލީގު މާދަމާ ފަށަނީ!

ދިރާގު ދިވެހި ޕްރިމިއާ ލީގު މާދަމާ ފަށަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަދީފިއެވެ. ލީގު މެދުކަނޑާލީ ​ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމުގެ މަތިން މިދިޔަ މަހުގެ ތިންވަނަ ދުވަހެވެ. ލީގުގެ ދެވަނަ ބުރުގެ ދެވަނަ މެޗު ވީކުގެ ކުޅުން ކުރިއަށް ދަނިކޮށް ލީގު މެދުކަނޑާލުމާ ގުޅިގެން ފުޓުބޯޅަ އާއިލާގެ ގިނަ ކަންބޮޑުވުންތަކެއް ވަނީ ސަރުކާރަށާއި، އެޗްޕީއޭއަށް ހުށައަޅައިފަ އެވެ. އެޗްޕީއޭ އިން ލީގު ފެށުމަށް ހުއްދަ ދިންކަން ހާމަކުރައްވައި ފުޓްބޯލް އެސޯސިއޭޝަން އޮފް […]

މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް އަލުން ދޭންފަށަނީ!

މި މަހުގެ 15 އާއި ހަމައަށް ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް މާދަމާ އިން ފެށިގެން ވެކްސިން ދޭން ފަށާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެވެ. މާދަމާ ދޭން ފަށާނީ ޗައިނާގެ ސައިނޮފާމް ވެކްސިނެވެ. ސިނޮފާމް ވެކްސިންގެ ދެ ޑޯޒް ޖަހާއިރު ދެ ޑޯޒް ދޭތެރޭ 2-4 ހަފްތާ ހޭދަވާނެއެވެ. ރާއްޖޭގައި ކޮވިޑް19ގެ ވެކްސިން ފުރަތަމަ ދޭން ފެށީ މިދިޔަ ފެބްރުއަރީ އެކަކުން ފެށިގެންނެވެ. އޭގެ ފަހުން މި މަހުގެ 15 ގެ ނިޔަލަށް މާލެ […]

ރާއްޖެ އިން އިތުރު 267 މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން މިއަދު 267 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މިއަދު ވެކްސިން ދިން އެންމެނަށް ވެސް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން މިހާތަނަށް 121,630 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަދި އަތޮޅު ތެރެއިން މިހާތަނަށް 97,282 މީހުންނަށް ވަނީ ވެކްސިނަދީފައެވެ. […]

ކޯވިޑް19: މިއަދު ފެނުނީ އިތުރު 140 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 140 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 17މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 14 މީހަކާއި ސަފާރިތަކުން 6 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 102 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 22,513 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,436 އެކްޓިވް ކޭސް ހިމެނޭއިރު 95 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . […]

ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 81 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 81 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 22 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 7 ކޭސް ވަނީ ފެނިފައެވެ. އަނެއް 52 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 22,373 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,404 އެކްޓިވް ކޭސް ހިމެނޭއިރު 107 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް […]