މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް އަލުން ދޭންފަށަނީ!

Loading

Facebook
Twitter
WhatsApp

މި މަހުގެ 15 އާއި ހަމައަށް ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް މާދަމާ އިން ފެށިގެން ވެކްސިން ދޭން ފަށާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެވެ. މާދަމާ ދޭން ފަށާނީ ޗައިނާގެ ސައިނޮފާމް ވެކްސިނެވެ. ސިނޮފާމް ވެކްސިންގެ ދެ ޑޯޒް ޖަހާއިރު ދެ ޑޯޒް ދޭތެރޭ 2-4 ހަފްތާ ހޭދަވާނެއެވެ.

ރާއްޖޭގައި ކޮވިޑް19ގެ ވެކްސިން ފުރަތަމަ ދޭން ފެށީ މިދިޔަ ފެބްރުއަރީ އެކަކުން ފެށިގެންނެވެ. އޭގެ ފަހުން މި މަހުގެ 15 ގެ ނިޔަލަށް މާލެ ސަރަހައްދުގައި ވެކްސިްގެ ފުރަތަމަ ޑޯޒް ދީފައިވެއެވެ. އެހާތަނަށް ދީފައިވަނީ އިންޑިއާގެ ސީރަމް އިންސްތިޓިއުޓް އިން އުފައްދާ ކޮވިޝީލްޑް ވެކްސިން އެވެ.

އަދި ކޮވިޑް19ގެ ފުރަތަ ޑޯޒް ޖެހުމަށްފަހު ވެކްސިން ޖެހިތާ އަށެއް ނުވަތަ 12 ހަފްތާ ވުމުގެ ކުރިން ބޭސްފަރުވާ އަށް ނުވަތަ ތައުލީމު ހާސިލްކުރުމަށް ރާއްޖެއިން ބޭރަށް ފުރާނަމަ، ފުރަތަމަ ޑޯޒް ޖެހިތާ ހަތަރު ހަފްތާ ފަހުން ދެވަނަ ޑޯޒް ޖަހައިދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެްންސީ އިން ވަނީ ބުނެފައެވެ.

އެޗްޕީއޭ އިން މިރޭ ބުނީ ދެވަނަ ޑޯޒް ޖަހަން ޖެހޭ ފަރާތްތަކުން 1676 އަށް ގުޅާ ނަންނޯޓު ކުރުމުން ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމުން އެޕޮއިންޓުމެންްޓް ހަމަޖައްސައި، ވެކްސިން ޖަހަން ދިޔުމަށް އަންގާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް