​ކޮވިޑް19: ޒުވާން އަންހެނަކު މަރުވެެއްޖެ!.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން ދިޔަ 30 އަހަރުގެ ދިވެހި އަންހެނަކު މިއަދު މަރުވެއްޖެ އެވެ. 30 އަހަރުގެ ޒުވާން އަންހެން މީހާގެ މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 96 އަކަށް އަރައިފައެވެ. ރޭ ފަތިހު ވަގުތެއްގައި މަރުވެފައިވަނީ މާލޭ ދަފްތަރު އާއިޝަތު މިޒުނާ އެވެ. މިޒުނާ މަރުވިއިރު އޭނާގެ ދެ އަންހެން ކުދިންވެސް އެބަތިއްބެވެ. މިއީ، ކޮވިޑްގައި މިހާތަނަށް ރާއްޖެ އިން މަރުވި އެންމެ ޒުވާން ދިވެހި މީހާ […]

ކޯވިޑް19: ރާއްޖެ އިން އިތުރު 1,007 މީހުން ފައްސިވެއްޖެ!

މިއަދު ފެނުން ކޭސްތަކުގެ ތެރޭގައި ހިމެނެނީ ފާއިތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި 821 ކޭސްއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 183 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 26 މީހަކާއި ސަފާރީއަކުން 5 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 793 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 43,782 އަށް އަރައިފައެވެ. އޭގެ ތެރޭގައި 15,666 އެކްޓިވް ކޭސް ހިމެނޭއިރު 260 ފަރާތަކަށް ދަނީ […]

​ހޯރަފުއްޓަށް އުދަ އަރާ ބޮޑެތި ގެެއްލުން ތަކެއް ވެއްޖެ!

ރާއްޖެ އަށް ކުރަމުން މިދާ ވިއްސާރައިގައި ހއ.ހޯރަފުއްޓަށް އުދައަރާ ބައެއް ގޭގެއަށް ފެންވަދެ މުދަލަށް ބޮޑެތި ގެއްލުން ތަކެއް ވެއްޖެއެވެ. ހޯރަފުއްޓަށް އުދައަރަމުން ދަނީ ރަށުގެ ހުޅަނގު ފަރާތުންނެވެ. ބުރާސްފަތި ދުވަހުގެ ރެއިން ފަށައިން އެރަށަށް އުދައަރަމުން ދިޔަ ނަމަވެސް ބޮޑަށް އުދައަރާފައިވަނީ މިއަދު މެންދުރު ވަގުތުގައެވެ. ގަދަވަޔާއެކު ވިއްސާރަ ވެހުމާ އަދި އުދައެރުމާއި ގުޅިގެން ރަށުތެރޭގައި ދެ ފޫޓަށް ވުރެ މައްޗަށް ވަނީ ފެންބޮޑުވެފައެވެ. ރަށުގެ ދެކުނުގެ ހުރިހާ މަގެއްގައި، ޚާއްސަކޮށް ހެލްތް ސެންޓަރު ހުންނަ […]

ކޯވިޑް19: ކޭސްތައް އަދިވެސް އެއްހާހުން މަތީގައި!

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތިވެދިޔަ 24 ގަޑި އިރު، 1,216 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 201 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން މީހަކާއި ސަފާރީއަކުންވެސް މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 1,013 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 41,308 އަށް އަރައިފައެވެ. އޭގެ ތެރޭގައި 13,784 އެކްޓިވް ކޭސް ހިމެނޭއިރު 259 ފަރާތަކަށް […]

މާލޭގައި ހަވީރު 4:00 އިން ފަތިހު 4:00 ބޭރަށް ނުނިކުމެވޭ ގޮތަށް މާލެ ސަރަހައްދު ރަށު ބަންދަކަށް!

​މާލެ ސަރަހައްދުގައި މާދަމާއިން ފެށިގެން ހަވީރު 4:00 އިން ފަތިހު 4:00 އަށް ބޭރަށް ނުކުތުން މަނާކޮށްފި އެވެ. މީގެ ކުރިންވެސް މާލެ ސަރަހައްދުގައި ބަލި ފެތުރޭލެއް ގިނަ ކަމުން އެޗްޕީއޭއިން ވަނީ ހަރުކަށި ފިޔަވަޅު ތަކެއް އަޅާފައެވެ. އެގޮތުން އޮފީސްތަކާއި ސުކޫލްތައް އޮންލައިން ކޮށް ކިޔަވައިދޭ ގޮތައް ނިންމާ ރޭގަނޑު 9:00 ކުން ފަތިހު 4:00 ވަނީ މީހުން ބޭރުގައި އުޅުން މަނާކޮށްފައެވެ. ​ރާއްޖެއިން ކޮންމެ ދުވަހަކުވެސް މިހާރު ކޮވިޑަށް ފައްސިވަމުންދާ މީހުންގެ އަދަދުތައް 500 […]

ކޯވިޑް19: މިއަދު ފައްސިވީ މީހުންގެ އަދަދު ހާހަކުން މައްޗަށް!

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތިވެދިޔަ 24 ގަޑި އިރު، 1,091 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 147 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 6 މީހަކާއި ސަފާރީއަކުން 3 މީހެއް އަދި ހަދަމުންދާ ރަށަކުން ވަނީ 2 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 933 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 35,815 އަށް އަރައިފައެވެ. […]

ކޯވިޑް19: މިއަދު ފައްސިވީ 590 މީހުން!

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތިވެދިޔަ 24 ގަޑި އިރު، 590 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 141 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 9 މީހަކާއި ސަފާރޮއަކުން އެކަކު ވަނީ ފައްސިވެފައެވެ. އަނެއް 439 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 34,724 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 8,640 އެކްޓިވް ކޭސް ހިމެނޭއިރު 230 […]

ކޮވިޑް19: ފައްސިވީ މީހުންގެ އަދަދު މިއަދުވެސް އިތުރުވެއްޖެ!

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތިވެދިޔަ 24 ގަޑި އިރު، 766 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 171 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ސިނާޢީ މަސައްކަތް ކުރާ ރަށަަކުން 1މީހަކުވަނީ ފައްސިވެފައެވެ. އަނެއް 571 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 34,134 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 8,261 އެކްޓިވް ކޭސް ހިމެނޭއިރު 205 ފަރާތަކަށް […]

ކޯވިޑް19: ނަންބަރު ތައް ތިރިއެއް ނުވޭ!

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތިވެދިޔަ 24 ގަޑި އިރު، 703 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 167 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 7 މީހަކު، ސިނާޢީ މަސައްކަތް ކުރާ ރަށަަކުން 3 މީހަކުވަނީ ފައްސިވެފައެވެ. އަނެއް 526 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 33,368 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 7,607 އެކްޓިވް […]

މާލޭގައި އަނެއްކާވެސް ކާފިއު ހިންގަން ނިންމައިފި!

މާލެ ސަރަހައްދުގައި ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް ކާފިއު އިއުލާންކޮށްފި އެވެ. ކޯވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، 6 މެއި 2021 ގައި މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ކާފިއު ހިންގުމަށްވަނީ ނިންމާފައެވެ. މި ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެއް ކަމަށާއި އަދި ޟަރޫރީ ބޭނުމަށާއި ޑެލިވަރީގެ ޙިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެކަމަށް އެޗްޕީއޭއިން ބުނެ އެވެ. […]