ކޯވިޑް19: ކޭސްތައް އަދިވެސް އެއްހާހުން މަތީގައި!

Loading

Facebook
Twitter
WhatsApp

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތިވެދިޔަ 24 ގަޑި އިރު، 1,216 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 201 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން މީހަކާއި ސަފާރީއަކުންވެސް މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 1,013 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 41,308 އަށް އަރައިފައެވެ. އޭގެ ތެރޭގައި 13,784 އެކްޓިވް ކޭސް ހިމެނޭއިރު 259 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 87 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 27,428 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް