​ހޯރަފުއްޓަށް އުދަ އަރާ ބޮޑެތި ގެެއްލުން ތަކެއް ވެއްޖެ!

Loading

Facebook
Twitter
WhatsApp

ރާއްޖެ އަށް ކުރަމުން މިދާ ވިއްސާރައިގައި ހއ.ހޯރަފުއްޓަށް އުދައަރާ ބައެއް ގޭގެއަށް ފެންވަދެ މުދަލަށް ބޮޑެތި ގެއްލުން ތަކެއް ވެއްޖެއެވެ.

ހޯރަފުއްޓަށް އުދައަރަމުން ދަނީ ރަށުގެ ހުޅަނގު ފަރާތުންނެވެ. ބުރާސްފަތި ދުވަހުގެ ރެއިން ފަށައިން އެރަށަށް އުދައަރަމުން ދިޔަ ނަމަވެސް ބޮޑަށް އުދައަރާފައިވަނީ މިއަދު މެންދުރު ވަގުތުގައެވެ.

ގަދަވަޔާއެކު ވިއްސާރަ ވެހުމާ އަދި އުދައެރުމާއި ގުޅިގެން ރަށުތެރޭގައި ދެ ފޫޓަށް ވުރެ މައްޗަށް ވަނީ ފެންބޮޑުވެފައެވެ.

ރަށުގެ ދެކުނުގެ ހުރިހާ މަގެއްގައި، ޚާއްސަކޮށް ހެލްތް ސެންޓަރު ހުންނަ މަގުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ހެލްތް ސެންޓަރުގެ ތެރެއަށްވެސް ވަނީ ލޮނުގަނޑު ވައްދާލާ ގެއްލުންތަކެއް ވެފައެވެ.

މީގެ އިތުރުން ބައެއް ގޭގޭގެ ފުރާޅު އެއްލާލުމާއި އެއްގަމުގައި ހުރި ބައެއް އޮޑި ދޯނި ފަހަރާއި ފައިބަރު ދޯނިތައް ވަނީ މޫދަށް ފައިބައިފައެވެ.

ހޯރަފުށި ​އެއަރޕޯޓް ސަރަހައްދަށްވެސް ވަނީ ވަރަށް ބޮޑަށް އުދައަރާ ރަންވޭ މައްޗަށްވެސް ވެލިގަނޑު އަރުވާލާފައިފައެވެ. އަދި އެއަރޕޯޓަށް ދާން އޮންނަ މަގަށްވެސް އުދަ އަރާ އެމަގުގައި ޖަހާފައި ހުރި ލައިޓްތައްވެސް ވަނީ ވެއްޓިފައެވެ. މީގެ ކުރިން ބުރާސްފަތި ދުވަހު ވަނީ އެއަރޕޯޓް ގެ މީހުން ފުރާ ގިމަތީގެ ދޮރުތައްް ވަޔާއެއްކޮށް ވެެއްޓި ވަރަށް ބޮޑަށް ތަޅައިގެން ގޮސްފައެވެ.

​ރަށު ތެރެއަށް އުދައަރާއި ބައެއް މީހުންގެ މުދަލާއި ތަކެއްޗަށް ގެއްލުން ލިބެމުން ދާތީ ރަށުގެ ހުޅަަނގު ފަރާތުގެ މަގުތަކުގައި ޒުވާނުންނާއި ރަށު ކައުންސިލްގެ މުވައްޒަފުންގެ އިތުރުން ޕޮލިހުން ދަނީ ވެލި ގޯނިތައް ޖަހަމުންނެވެ.

​އެރަށަށް އުދަ އަރަމުން އަންނަ އިރު މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް މިއަދު މެންދުރު 11:30 އިން ފެށިގެން 15:30 އާއި ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ.

Loading

One Response

  1. ކިނބޫޫގެ ނަހަލާލު ސަރުކާރުން ކުރާ ނާހަލާލު ކަންކަން… ވަރަށް މޮޅު.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް