ކޯވިޑް19: ރާއްޖެ އިން އިތުރު 1,007 މީހުން ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

މިއަދު ފެނުން ކޭސްތަކުގެ ތެރޭގައި ހިމެނެނީ ފާއިތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި 821 ކޭސްއެވެ.

މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 183 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 26 މީހަކާއި ސަފާރީއަކުން 5 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 793 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 43,782 އަށް އަރައިފައެވެ. އޭގެ ތެރޭގައި 15,666 އެކްޓިވް ކޭސް ހިމެނޭއިރު 260 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 94 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 28,013 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް