ކޯވިޑް19: މިއަދު ފައްސިވީ 590 މީހުން!

Loading

Facebook
Twitter
WhatsApp

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތިވެދިޔަ 24 ގަޑި އިރު، 590 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 141 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 9 މީހަކާއި ސަފާރޮއަކުން އެކަކު ވަނީ ފައްސިވެފައެވެ. އަނެއް 439 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 34,724 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 8,640 އެކްޓިވް ކޭސް ހިމެނޭއިރު

230 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 83 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 25,992 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް