ކޯވިޑް19: ނަންބަރު ތައް ތިރިއެއް ނުވޭ!

Loading

Facebook
Twitter
WhatsApp

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތިވެދިޔަ 24 ގަޑި އިރު، 703 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 167 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 7 މީހަކު، ސިނާޢީ މަސައްކަތް ކުރާ ރަށަަކުން 3 މީހަކުވަނީ ފައްސިވެފައެވެ. އަނެއް 526 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 33,368 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 7,607 އެކްޓިވް ކޭސް ހިމެނޭއިރު

203 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 77 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. މިއަދަކީ މިބަލިން ރެކޯޑް އަދަދަކަށް މީހުން މަރުވި އެއްދުވަހެވެ. މިއަދު މި ބަލިން 5 މީހަކު ވަނީ ރާއްޖެއިން މަރުވެފައެވެ. އަދި 25,214 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް