​ކޮވިޑް19: ޒުވާން އަންހެނަކު މަރުވެެއްޖެ!.

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން ދިޔަ 30 އަހަރުގެ ދިވެހި އަންހެނަކު މިއަދު މަރުވެއްޖެ އެވެ.

30 އަހަރުގެ ޒުވާން އަންހެން މީހާގެ މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 96 އަކަށް އަރައިފައެވެ. ރޭ ފަތިހު ވަގުތެއްގައި މަރުވެފައިވަނީ މާލޭ ދަފްތަރު އާއިޝަތު މިޒުނާ އެވެ. މިޒުނާ މަރުވިއިރު އޭނާގެ ދެ އަންހެން ކުދިންވެސް އެބަތިއްބެވެ.

މިއީ، ކޮވިޑްގައި މިހާތަނަށް ރާއްޖެ އިން މަރުވި އެންމެ ޒުވާން ދިވެހި މީހާ އެވެ. މީގެ ކުރިން ކޮވިޑުގައި އެންމެ ޒުވާން މީހަކަށް މަރުވީ 27 އަހަރުގެ ބިދޭސީއެކެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. ރާއްޖޭގައި ކޮވިޑު ބަލީގައި އެއް މަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައި ވަނީ މިމަހުއެވެ. މިމަހުގެ މިހާތަނަށް މި ބަލީގައި 23 މީހަކު ވަނީ މަރުވެފައިވާ އިރު، އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ ދިވެހީންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް