މި އަހަރުގެ ​ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖޭން ބިޑްކޮށްފި!

މި އަހަރު ބާއްވަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖޭން ރަސްމީކޮށް ބިޑްކޮށްފިއެވެ. ​ރާއްޖޭން ރަސްމީކޮށް ބިޑްކުރިކަން އިއުލާންކުރެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ހޯސްޓް ކުރުމަށް މިއަދު ރަސްމީކޮށް ބިޑް ކޮށްފައިވާ ކަމަށެވެ. އަދި ބައިނަލްއަގްވާމީ މެޗުތަކާއި މުބާރާތްތައް ރާއްޖޭގައި […]

ހުޅުމާލޭ ކޮވިޑް-19 ފެސިލިޓީ: ފަރުވާދޭނެ އެއްވެސް ބަލި މީހަކު ނެތި މުޅި ފެސިލިޓީ ހުސްވެއްޖެ!

ހުޅުމާލެ މެޑިކަލް ފެސިލިޓީ ޤާއިމް ކުރި ފަހުން ފުރަތަމަ ފަހަރަށް އެ ފެސިލިޓީގައި ކޮވިޑް-19 ބަލި ޖެހިފައިވާ މީހުންނަށް ފަރުވާދީ ހުރިހާ ބަލި މީހުން ބަލިން ރަނގަޅުވެ، އެތަނުން ދޫކޮށްލައިފިއެވެ. ​މާލެ ސަރަހައްދުގައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ގާއިމުކުރި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19 ބަލި ޖެހިފައިވާ އެއްވެސް މީހަކަށް ފަރުވާ ދެމުން ނުދާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ވިދާޅުވެއްޖެއެވެ. ކޮވިޑް ޖެހިގެން މާލެ ސަރަހައްދުގައި އެޑްމިޓުކޮށްގެން މިއަދު […]

ރައީސް ސޯލިހު ޔޫއޭއީއަށް ފުރާވަޑައިގެންފި!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ޔޫއޭއީއަށް ފުރާވަޑައިގެންފިއެވެ. ​ރައީސްގެ މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅަކަށް ވާތީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު މި ދަތުރުފުޅާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވާފައެއް ނުވެއެވެ. ރައީސް ސޯލިހު ޔޫއޭއީއަށް ​ފުރާވަޑައިގަތީ އީދު ބަންދަށް ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަތުމަށްފަހު އެނބުރި ވަޑައިގަތްތާ ހަތަރު ދުވަސް ފަހުންނެވެ. ރައީސް ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ވެސް ނުރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީއަށް ވަޑައިގެންފަ […]

​ރާއްޖޭން ބޭރުން އައިސް މިހާރު ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނުން ދޫކުރުމަށް ނިންމައިފި!

މި މަހުގެ 23 ވަނަ ދުވަހުގެ ކުރީން ރާއްޖެ އައި މީހުންގެ ތެރެއިން ކޮވިޑް-19ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުން ކަރަންޓީންގައި ހަތް ދުވަސް ވެފައިވާނަމަ އެމީހުން ކަރަންޓީނުން ދޫކޮށްލަން އެޗްޕީއޭ އިން ނިންމައިފިއެވެ. ​އެޗްޕީއޭ އިން ނެރުނު އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސްވެ ރާއްޖެ އައިސްފައިވާތާ ހަތް ދުވަހުގެ މުއްދަތަށް ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނުން ދޫކޮށްލަން އަންގާފައިވާ ކަމަށެވެ. އަދި އެ މީހުންނާ އެކުގައި […]

ޑެލްޓާ ވޭރިއަންޓް: ނުރައްކާ ބޮޑު ވޭރިއަންޓެއް!

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ފަހުން، އެ ބަލި ޖައްސާ ވައިރަސްގެ ވޭރިއަންޓްތައް ގިނަވެ ނުރައްކާތެރި 4 ވޭރިއަންޓެއް ފެނިފައިވާއިރު އޭގެ ތެރެއިންވެސް އެންމެ ނުރައްކާތެރި ވޭރިއަންޓަކަށް ފެތުރެމުން އަަަންނަނީ ޑެލްޓާ ވޭރިއަންޓެވެ. ​ޑެލްޓާ ވޭރިއަންޓަކީ ކޮވިޑް 19 ގެ އަސްލު ކަމަށްވާ 2-SARs-COV ވައިރަހުން މިއުޓޭޓް ވެފައިވާ ވޭރިއަންޓެކެވެ. ކޮވިޑްގެ އަސްލުން މިއުޓޭޓް ވެފައިވުމުން، މިވޭރިއެންޓުން ތަފާތު، ބަލީގެ އަލާމާތްތައް ފާހަގަ ކުރެވޭނެއެވެ. […]

ކޮވިޑް-19: ފައްސިވާ މީހުންގެ އަދަދުތައް ދަށަަށް!

ކޮވިޑް 19 އަށް ފައްސިވާ މީހުންގެ އަދަދުތައް ދަށްވަމުން ގޮސް މިއަދު ރާއްޖެ އިން ފައްސިވެފައިވަނީ 80 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 56 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 8 މީހަކު ފައްސިވެފައިވާއިރު އަނެއް 16 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 75,816 އަށް އަރައިފައެވެ. އޭގެ ތެރޭގައި 2,516 އެކްޓިވް ކޭސް ހިމެނޭއިރު، 23 ފަރާތަކަށް ދަނީ އެޑްމިޓް […]

ވެކްސިން 2 ޑޯޒް ފުރިހަމަ ކުރި މީހުންނަށް ކަރަންޓީން ވުމަކާއި ނުލާ ރަށްރަށަށް ދެވޭނެ ގޮތް ހަމަޖައްސައިފި!

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރިތާ 14 ދުވަސް ވެފައިވާ މީހުންނަށް ކަރަންޓީން ވުމަކާއި ނުލާ ރަށްރަށަށް ދެވޭނެ ގޮތް އެޗްޕީއޭ އިން ހަމަޖައްސައިދީފިއެވެ. ​ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ޖައްސަވާ، 14 ދުވަސް ވެފައިވާ ފަރާތްތަކުން މާލެއިން މޮނިޓަރިންގައި ނެތް ރަށްރަށަށް ނައްސި ޕީސީއާރް ޓެސްޓަކާއެކު ދަތުރުކުރެވޭނެކަމަށެވެ. “މޮނިޓަރިންގަ ހުރި ރަށްތައް ފިޔަވާ އެހެން ރަށްރަށަށް ވެކްސިންގެ 2 ޑޯޒް […]

ކޮވިޑް19: އިތުރު 105 މީހަކު ފައްސިވެއްޖެ!

މިއަދު ކޮވިޑް19 އަށް ފައްސިވެފައިވަނީ 105 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 74 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 7 މީހަކާއި ސިނާޢީ މަސައްކަތް ކުރަމުން އަންނަ ރަށަކުން މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 23 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 74,585 އަށް އަރައިފައެވެ. އޭގެ ތެރޭގައި 3,148 އެކްޓިވް ކޭސް ހިމެނޭއިރު 25 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން […]

​އިނގިރޭސިވިލާތުގެ ކޮވިޑް ފިޔަވަޅުތައް އުވާލަން ނިންމައިފި!

ޖުލައި 19 ވަނަ ދުވަހު ކޮވިޑް-19 ކޮންޓްރޯލް ކުރަން އިނގިރޭސިވިލާތުގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް އުވާލަން ނިންމައިފިއެވެ. ޢިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ޖޯންސަން ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރަން އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި ސަރުކާރުގެ ވިސްނުން މިހާރު ހުރީ ކޮވިޑާއި އެކު ދިރިއުޅެވޭނެ ގޮތައް ކަންކަން ރާވައި އިންތިޒާމް ކުރަން ކަމަށެވެ. ​އެގޮތުން އިނގިރޭސިވިލާތުގައި ޖުލައި 19 ވަނަ ދުވަހު ދޭ ލުއިތަކުގެ ތެރޭގައި ވިޔަފާރިތަކާއި ނައިޓް ކްލަބްތައް ވެސް ހުޅުވުމުގެ ހުއްދަ ދިނުމާއި […]

އަމިއްލަ ފަރާތަކުން ހަދިޔާ ކުރި ވެކްސިނާއި އެކު ކޮވިޝީލްޑުގެ ދެ ވަނަ ޑޯޒަށް ހުޅުވާލައިފި!

ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ފެށީ ހެޔޮ އެދޭ ފަރާތަކުން ހަދިޔާކުރި ވެކްސިނުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ. ކޮވިޝީލްޑު ވެކްސިން އަމިއްލަ ފަރާތަކުން ހަދިޔާ ކޮށްފައިވަނީ އިއްޔަގެ ވަގުތެއްގައެވެ. މިއާއެކު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން 2 ވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހަން މިއަދުން ފަށައިގެން ކުރިއަށް ގެންދެވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން […]