ކޮވިޑް-19: ފައްސިވާ މީހުންގެ އަދަދުތައް ދަށަަށް!

Loading

Facebook
Twitter
WhatsApp

ކޮވިޑް 19 އަށް ފައްސިވާ މީހުންގެ އަދަދުތައް ދަށްވަމުން ގޮސް މިއަދު ރާއްޖެ އިން ފައްސިވެފައިވަނީ 80 މީހުންނެވެ.

މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 56 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 8 މީހަކު ފައްސިވެފައިވާއިރު އަނެއް 16 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 75,816 އަށް އަރައިފައެވެ. އޭގެ ތެރޭގައި 2,516 އެކްޓިވް ކޭސް ހިމެނޭއިރު، 23 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 216 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 73,072 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް