ރައީސް ސޯލިހު ޔޫއޭއީއަށް ފުރާވަޑައިގެންފި!

Loading

Facebook
Twitter
WhatsApp

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ޔޫއޭއީއަށް ފުރާވަޑައިގެންފިއެވެ.

​ރައީސްގެ މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅަކަށް ވާތީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު މި ދަތުރުފުޅާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވާފައެއް ނުވެއެވެ.

ރައީސް ސޯލިހު ޔޫއޭއީއަށް ​ފުރާވަޑައިގަތީ އީދު ބަންދަށް ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަތުމަށްފަހު އެނބުރި ވަޑައިގަތްތާ ހަތަރު ދުވަސް ފަހުންނެވެ.

ރައީސް ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ވެސް ނުރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީއަށް ވަޑައިގެންފަ އެވެ. އެ ފަހަރު ދުބާއީއަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހް އަވަހާރަވުމާ ގުޅިގެން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ސޯލިހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް