​އިނގިރޭސިވިލާތުގެ ކޮވިޑް ފިޔަވަޅުތައް އުވާލަން ނިންމައިފި!

Loading

Facebook
Twitter
WhatsApp

ޖުލައި 19 ވަނަ ދުވަހު ކޮވިޑް-19 ކޮންޓްރޯލް ކުރަން އިނގިރޭސިވިލާތުގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް އުވާލަން ނިންމައިފިއެވެ.

ޢިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ޖޯންސަން ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރަން އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި ސަރުކާރުގެ ވިސްނުން މިހާރު ހުރީ ކޮވިޑާއި އެކު ދިރިއުޅެވޭނެ ގޮތައް ކަންކަން ރާވައި އިންތިޒާމް ކުރަން ކަމަށެވެ.

​އެގޮތުން އިނގިރޭސިވިލާތުގައި ޖުލައި 19 ވަނަ ދުވަހު ދޭ ލުއިތަކުގެ ތެރޭގައި ވިޔަފާރިތަކާއި ނައިޓް ކްލަބްތައް ވެސް ހުޅުވުމުގެ ހުއްދަ ދިނުމާއި އެއްވެސް ލިމިޓެއް ނެތި ކިތައްމެ ގިނަ ބަޔަކު ވެސް އެއްތަނަކަށް އެއްވެ އުޅުމުގެ ހުއްދަ ދިނުން ހިމެނެއެވެ.

އަދި ހަމައެއާއެކު ތިން ފޫޓް ދުރުގައި ތިބެން ޖެހޭ އުސޫލު އުވާލައި މާސްކް އެޅުން މަޖުބޫރު ނޫން ކަމަށްވެސް އެޤައުމުގެ ސަރުކާރުން ވަނީ ނިންމައިފައެވެ. ލިމިޓެއް ނެތި ކިތައްމެ ގިނަ ބަޔަކު ވެސް އެއްތަނަކަށް އެއްވެ އުޅުމުގެ ހުއްދަ ދިނުމުގެ އިތުރުން މުވައްޒަފުން ވެސް ގޭގައި މަސައްކަތް ކުރުން ޖުލައި 19 އިން ފެށިގެން މަޖުބޫރެއް ނުވާގޮތަށް ވަނީ ހަމަޖެހިފައެވެ

ޑެލްޓާ ވޭރިއަންޓްގެެ ސަބަބުން އިނގިރޭސިވިލާތުގެ ހާލަތު މިހާރު ގޯސްވަމުން ދިޔަ ނަމަވެސް ​އިނގިރޭސިވިލާތަކީ ކޮވިޑް ޖެހޭ މީހުންނަށް ވެކްސިން ދިނުމުގައި އެންމެ ކުރީގައި އުޅޭ އެއްގައުމެވެ. ކޮވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް 45،351،719 މީހުން ވަނީ ޖަހައިފައެވެ. އަދި ދެވަނަ ޑޯޒް 33،726،362 މީހަކުވަނީ ޖަހައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް