​ރާއްޖޭން ބޭރުން އައިސް މިހާރު ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނުން ދޫކުރުމަށް ނިންމައިފި!

Loading

Facebook
Twitter
WhatsApp

މި މަހުގެ 23 ވަނަ ދުވަހުގެ ކުރީން ރާއްޖެ އައި މީހުންގެ ތެރެއިން ކޮވިޑް-19ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުން ކަރަންޓީންގައި ހަތް ދުވަސް ވެފައިވާނަމަ އެމީހުން ކަރަންޓީނުން ދޫކޮށްލަން އެޗްޕީއޭ އިން ނިންމައިފިއެވެ.

​އެޗްޕީއޭ އިން ނެރުނު އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސްވެ ރާއްޖެ އައިސްފައިވާތާ ހަތް ދުވަހުގެ މުއްދަތަށް ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނުން ދޫކޮށްލަން އަންގާފައިވާ ކަމަށެވެ. އަދި އެ މީހުންނާ އެކުގައި ދަތުރުކޮށް ރާއްޖެއައިސްވެފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީނުން ދޫކޮށްލަން ޖެހޭކަމަށް އެ އެންގުމުގައި ބުނެފައިވެއެވެ.

ރާއްޖެއަށް އެތެރެވިތާ ފަސް ދުވަހާއި ހަތް ދުވަހާއި ދެމެދުގެ މުއްދަތު ހަމަވެފައިވާ ފަރާތްތައް ވަގުތުން ޕީސީއާރ ޓެސްޓު ހެދުމަށް ވެސް އެނިންމުމުގައި ވަނީ އަންގާފައެވެ. އަދި ރާއްޖެއަށް އެތެރެވިތާ ފަސް ދުވަސް ފުރިހަމަނުވާ ފަރާތްތަކުން ރާއްޖެއަށް އެތެރެވިތާ ފަސް ދުވަހާއި ހަތް ދުވަހާ ދެމެދުގެ ތެރޭގައި ޕީސީއާރ ޓެސްޓު ހެދުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ މީހުންގެ ތެރެއިން ​ފައްސިވެ ސުންކު ނެގި ތާރީޚުން ފެށިގެން ރާއްޖެ އަންނަ ދުވަހާ ހަމައަށް 60 ދުވަސް ހަމަނުވާ ފަރާތްތައް ވެސް ކަރަންޓީނުން ދޫކޮށްލަން ވަނީ ނިންމާފައެވެ. އަދި މީހުންނާ އެކުގައި ދަތުރުކޮށް ރާއްޖެއަށް އެތެރެވެފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެއަށް އެތެރެވިތާ 5-7 ދެމެދުގެ މުއްދަތު ހަމަވެފައިވާނަމަ ވަގުތުން ޕީސީއާރު ޓެސްޓު ހަދަން ޖެހެއެވެ.

ރާއްޖެއަށް އެތެރެވިތާ ފަސް ދުވަސް ފުރިހަމަނުވާ ފަރާތްތަކުން ރާއްޖެއަށް އެތެރެވިތާ ފަސް ދުވަހާއި ހަތް ދުވަހާ ދެމެދުގެ ތެރޭގައި ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެއެވެ.​

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް