ޑެލްޓާ ވޭރިއަންޓް: ނުރައްކާ ބޮޑު ވޭރިއަންޓެއް!

Loading

Facebook
Twitter
WhatsApp

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ފަހުން، އެ ބަލި ޖައްސާ ވައިރަސްގެ ވޭރިއަންޓްތައް ގިނަވެ ނުރައްކާތެރި 4 ވޭރިއަންޓެއް ފެނިފައިވާއިރު އޭގެ ތެރެއިންވެސް އެންމެ ނުރައްކާތެރި ވޭރިއަންޓަކަށް ފެތުރެމުން އަަަންނަނީ ޑެލްޓާ ވޭރިއަންޓެވެ.

​ޑެލްޓާ ވޭރިއަންޓަކީ ކޮވިޑް 19 ގެ އަސްލު ކަމަށްވާ 2-SARs-COV ވައިރަހުން މިއުޓޭޓް ވެފައިވާ ވޭރިއަންޓެކެވެ. ކޮވިޑްގެ އަސްލުން މިއުޓޭޓް ވެފައިވުމުން، މިވޭރިއެންޓުން ތަފާތު، ބަލީގެ އަލާމާތްތައް ފާހަގަ ކުރެވޭނެއެވެ. އެގޮތުން ކެއްސުމާއި، ކަރުތެރެ ހަލާކުވުމާއި ހުން އައުން ހިމެނެއެވެ.

އެންމެ ފުރަތަމަ މި ވޭރިއަންޓް ފެނިފައިވަނީ އިންޑިޔާ އިންނެވެ. އެޔަށްފަހު ހަލުވިކަމާއެކު 100 އެއްހާ ގައުމުން ޑެލްޓާ ވޭރިއަންޓުގެ ކޭސްތައް ފެނިފައި ވާއިރު، ކޮވިޑް-19އާ ދެކޮޅަށް ހިންގާ ވެކްސިން ކެމްޕޭންތަކުގައި ކުރި ހޯދާފައި ވާ ގައުމުތަކުގައިވެސް މި ވޭރިއަންޓް ހަލުވި ދުވެލީގައި ފެތުރޭ ކަމުގެ އިންޒާރު، ޑރ ޓެޑްރޯޒް ވަނީ ދެއްވާފައެވެ. އަދި މިއާއެކު ގިނަ ޤައުމުތަކެއްގެ ކޮވިޑް ކޭސްތައް ޑޮމިނޭޓް ކުރަނީވެސް ޑެލްޓާ ވޭރިއަންޓުން ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ. އެގޮތުން އިނގިރޭސިވިލާތުގައި ކޮވިޑްގެ ހާލަތު ގޯސްވުމުގައި އެންމެ އިސްދައުރެއް އަދާކުރަމުން އަންނަނީ ޑެލްޓާ ވޭރިއަންޓްކަމަށް އެގައުމުގައި ކުރިޔަށްގެންދިޔަ ދިރާސާއަކުން ވަނީ ހާމަވެފައެވެ.

ޖަރުމަނުގައިވެސް ކޮވިޑްޖެހޭ މީހުންގެ އަދަދު ޖެހިޖެހިގެން ދެމަސް ވަންދެން ދަށަށް ދިޔުމަށްފަހު ޑެލްޓާ ވޭރިއަންޓް އެގައުމުން ފެނުނުތާ ދުވަސްކޮޅެއްގެ ތެރޭގައި ކޮވިޑްގެ ކޭސްތައްވަނީ ކުއްލިއަކަށް މައްޗަށް ދާންފަށާފައެވެ. މީގެ އިތުރުން ރަޝިޔާގައިވެސް ޑެލްޓާ ވޭރިއަންޓް އިތުރުވަމުން އަންނައިރު އެގައުމަށް ކޮވިޑްގެ ތިން ވަނަ ރާޅެއް އަރާފާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

​ޑަބްލިއުއެޗްއޯގެ އިސްވެރިޔާ، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، ޑެލްޓާ ވޭރިއަންޓަކީ ނުރައްކާތެރި ވޭރިއަންޓެއް ކަމަށާއި، މި ވޭރިއަންޓަށް މިހާރުވެސް ބަދަލު އަންނަމުން ދާ ކަމަށެވެ. އެހެން ކަމުން، މިއީ އާންމު ސިއްހީ ނިޒާމުން ބަދަލުތަކެއް ގެނެސް، ވަރަށް ގާތުން ބަލަމުން އަންނަން ޖެހޭ ކަމެއް ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ވިދާޅުވެފައެވެ.

ޑެލްޓާ ވައިރަހުން ސަލާމަތް ވުމަށް ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމާއި އެންްމެ މާސްކެއްގެ ބަދަލުގައި 2 މާސްކް އެޅުމުގެ އިތުރުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް ތަޖުރިބާ ކާރުން ވަނީ ގޮވާލާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް