ހައުސިން މިނިސްޓްރީއާއި އެޓާނީ ޖެނެރަލްގެ ލަފައާއި ހިލާފަށް ތުޅާދޫން ގޯތި ދޭންއުޅޭ މައްސަލަ ކޯޓަށް
ބ.ތުޅާދޫ ކައުންސިލުން ”ބ.ތުޅާދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލް – 2019“ އަކީ ”ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދު“ ގެ 10 އަދި 13 ވަނަ މާއްދާއާއި ހިލާފަށް، ބ.ތުޅާދޫއިން ބަންޑާރަގޯތި ދޫކުރުމަށް ބ.ތުޅާދޫ ކައުންސިލުން އާންމު ކޮށްފައިވާ އުޞޫލަކަށް ވާތީ އާއްމު ފަރާތަކުން ތުޅާދޫ ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތް ފަށައިފިއެވެ. އާއްމު ފަރާތަކުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ތުޅާދޫ ކައުންސިލުން އާއްމުކުރި އުޞޫލާއި ގުޅިގެން ގިނަ މައްސަލަ ތަކެއް ތުޅާދޫ ކައުންސިލްގެ ސަމާލުކަމަށް […]
މާފަންނު ދެކުނަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް އައްލޯ ހައްޔަރުކޮށްފި
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލަށް އިދިކޮޅު ޕީޕީއެމް އިން ވާދަކުރާ އަބްދުﷲ ނަސީރު (އައްލޯ) ވެސް މިއަދު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކޮށްފިއެވެ. މަންޒަރުދުއް މީހުން މައުލޫމާތުދޭ ގޮތުގައި އައްލޯ ހައްޔަރުކޮށްފައި ވަނީ ޕީޕީއެމްގެ މުޒާހަރާގައި އަޑުއުފުލަމުން ދަނިކޮށެވެ. ”އޭނާ ހައްޔަރުކޮށްފައި ވަނީ މަޖީދީ މަގު މަޒާޑާ ކެފޭ ސަރަހައްދުން. އައްލޯ އަކީ ޕީޕީއެމްގެ މުޒާހަރާތަކުގައި އާއްމުކޮށް ބައިވެރިވަމުންދާ ބޭފުޅެއް.“ މައުލޫމާތު ދިން މީހަކު ބުންޏެވެ. އައްލޯ […]
ކުރީގެ ކަރުދާސް ނޫޓު އައު ނޫޓަށް ބަދަލުކުރުމުގެ ފަހު ފުރުސަތު 31 ޖުލައިގެ ނިޔަަލަށް
ކުރީގެ ކަރުދާސް ނޫޓު ފަހުގެ ނޫޓަށް ބަދަލުކުރެވޭނީ 31 ޖުލައިގެ ކުރިންކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ހާމަކޮށްފިއެވެ. ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، 2016 ވަނަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓު ވަނީ ނެރެފައެވެ. ކުރިން ބޭނުންކުރި ކަރުދާސް ނޫޓްތައް އަދިވެސް އެމްއެމްއޭ މެދުވެރިކޮށް ފަހުގެ ނޫޓްތަކަށް ބަދަލު ކުރެވެއެވެ. ނަމަވެސް ކުރީގެ […]
ދޮޅުމަސް ފަހުން އަނެއްކާވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށައިފި
ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދަށަށް ދަމުން އަންނަތާ ހަތް ހަފްތާ ފަހުން އަނެއްކާވެސް ދުނިޔެ އިން ކޮވިޑް ޖެހޭ މީހުންގެ ޢަދަދުއިތުރުވެއްޖެއެވެ. ދުނިޔޭގައި މިހާތަނަށް 114 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި 2.5 މިލިއަން މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުންވަނީ ދުނިޔޭގައި ކޮވިޑް ޖެހޭ މީހުންގެ ޢަދަދު ވިދިވިދިގެން ހަތް ހަފުތާވަންދެން ދަށަށް ގޮސްފައިވާކަމަށް ދައްކާފައެވެ. އެއާއިއެކު ކޮވިޑްގެ ސަބަބުން ދުނިޔެއަށް […]
ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ
ކޮވިޑް-19 އަށް ފައްސިވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. އެޗްއީއޯސީ އިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ 62 އަހަރުގެ ފިރިހެނަކު ނިޔާވީ ރޭ ފަތިހު 05:06 ގައި ކަމަށެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 62 އަށް އަރާފައެވެ. ކޮވިޑް ޖެހިގެން ހަމައެކަނި ފެބްރުއަރީ މަހު ރާއްޖެ އިން މިވަނީ ދިހަ މީހުން ނިޔާވެފައެވެ. އެހެންކަމުން ފެބްރުއަރީ މަހަކީ މިހާތަނަށް ރާއްޖެ އިން […]
ޚަޝޯޣީ މަރާލަން ރުހުން ދިނީ ވަލީއަހްދު މުހައްމަދު ބިން ސަލްމާން – އެމެރިކާ
ނޫސްވެރިޔާ ޖަމާލް ޚަޞޯޣީ ހައްޔަރު ކުރަން ނުވަތަ އޭނާ މަރާލުމަށް ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ރުހުން ދިން ކަމަށް ކަމަށް އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓުގައި ބުނެފި އެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގެ ޑިރެކްޓަ އޮފް ނޭޝަނަލް އިންޓަލިޖެންސްގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ވަލީއަހުދު ރުހުން ދީފައި ވަނީ ތުރުކީން ޚަޝޯޣީ ހައްޔަރު ކުރަން ނުވަތަ މަރާލުމަށް ކަމަށެވެ. އެމެރިކާ ފިޔަވައި އެހެން ގިނަ ގައުމުތަކުންނާއި އިންޓެލިޖެންސް އެޖެންސީތަކުން މީގެ […]
އެލްޗަޕޯގެ އަނބިމީހާ ވެސް ޑްރަގް ޓްރެފިކިން މައްސަލައެއްގައި ހައްޔަރުކޮށްފި
ދުނިޔޭގައި އުފެދުނު މަސްތުވާތަކެތީގެ އެންމެ ބޮޑު އެއްވިޔަފާރިވެރިޔާ ކަމަށް ބެލެވޭ މެކްސިކޯގެ ޖޮކްއިން ”އެލް ޗަޕޯ“ ގުޒްމަން އެމެރިކާގެ ޖަލެއްގައި ޙުކުމް ތަންފީޒު ކުރަމުން ގެންދަނިކޮށް އޭނާގެ އަނބިމީހާ އެމާ ކޮރޮނެލް ވެސް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި އެމެރިކާ އިން އިއްޔެ ހައްޔަރުކޮށް ދައުވާތަކެއް އުފުލައިފިއެވެ. އެމާ އަކީ ވެސް މެކްސިކޯ ރައްޔިތެކެވެ. އުމުރުން 31 އަހަރުގެ އެމާ ހައްޔަރު ކޮށްފައި ވަނީ ހޯމަ ދުވަހު ވޮޝިންޓަން ޑީސީގެ ޑުލެސް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެމާގެ މައްޗަށް […]
ހުރިހާ ނުރައްކަލަކުން ސަލާމަތް ވާން އޮތް މަގަކީ، ﷲ އަށް ބިރުވެތިވުން: ޚުޠުބާ
ހުރިހާ ނުރައްކަލަކުން ސަލާމަތް ވާން އޮތް މަގަކީ، ﷲ އަށް ބިރުވެތިވުންކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާން ކޮށްދީފިއެވެ. މިއަދުގެ ޚުޠުބާގައި ﷲ އަށް ތަޤްވާވެރިވާންށާއި އެކަލާނގެ ރަޙްމަތަށް އެދި ދަންނަވަން ހަނދާން ކޮށްދެއްވުމަށް ފަހު ވިދާޅުވެފައި ވަނީ ﷲގެ ރަޙްމަތް ވަނީ މުއުމިނުންނާ ނުހަނު ގާތުގައެވެ. ”މިއަދު ހުރިހާ އިންސާނުން ތަޙައްމަލު ކުރަމުންދާ ޙާލަތަކީ، ފަހުގެ ތާރީޚެއް ގައި ދުނިޔެ ނުދެކޭ ވަރުގެ ހިތްދަތިކަމާއި، ބަލިމަޑުކަމާއި، ތަދުމަޑުކަމާއި، ނުތަނަވަސްކަމުގެ ޙާލަތެކެވެ. ފެތުރެމުންދާ ވަބާގެ ނުރައްކާތެރިކަމުން ސަލާމަތް ވުމަށް […]
ވެއްޓުނު ޓާފްރޯލް ދަށުވި ޒުވާނާ ނިޔާވެއްޖެ
އެމްޕީއެލް ސަރަހައްދުގައި މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ގައިމައްޗަށް ޓާފް ރޯލެއް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާއަށް އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. އެމްޕީއެލް ސަރަހައްދުގައި ހިނގި ނުރައްކާތެރި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުމުގެ ސަބަބުން ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ހދ. ނޮޅީވަރަން، ނައިޓް ޓްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީއެވެ. އޭނާ ނިޔާވީ އިތުރު ފަރުވާއަށް އިންޑިއާ އަށް ގެންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު މިދިޔަ ހޯމަ […]
އެމްޑީއެއް ނޫނީ ޑީއެމްޑީއެއްގެ މައްސަލަ އޭނާގެ ދަށުން މަސައްކަތްކުރާ ބަޔަކު އިންސާފުވެރިކަމާއެކު ބަލާނެބާ: ނިހާދު
ކުންފުނިތަކުގެ މެނޭޖިން ޑައިރެކްޓަރެއް ނޫނީ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރެއްގެ މައްސަލަ އޭނާގެ ދަށުން މަސައްކަތްކުރާ ބަޔަކު އިންސާފުވެރިކަމާއެކު ބަލާނެތޯ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ސުވާލު އުފައްދަވައި ފިއެވެ. ނިހާދު މި ސުވާލު އުފެއްދެވީ ޖިންސީ ފުރައްސާރައިގެ މައްސަލާގައި ސަސްޕެންޑްކޮށްފައި ހުރި މޯލްޑިވް ގޭހުގެ ޑީއެމްޑީ އަލީ އިކްރާމްގެ މައްސަލަ ބަލަން ކުރިން ހަމަޖެއްސި ކޮމެޓީން އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައި މޯލްޑިވް ގޭހުގެ މެނޭޖްމަންޓްގެ މުވައްޒަފުން ހިމެނޭ ކޮމެޓީއަކުން އެ މައްސަލަ ބަލަން […]