އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެސްޓީއޯގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރަނީ އެއް ޑިރެކްޓަރެވެ. އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން އައްޔަނުކުރެވޭނީ 6 ޑިރެކްޓަރުންނެވެ. އެސްޓީއޯގެ ޑިރެކްޓަރުކަމަށް ކުރިމަތިލެވޭނީ ދިވެއްސަކަށެވެ. މީގެއިތުރުން […]

މިނިސްޓަރު ނަސީމް ކަރަންޓީން ނުވާތީ އިދިކޮޅުން ކަންބޮޑުވެއްޖެ

ރ.އަތޮޅު އުނގޫފާރުން ކޮވިޑް-19 އަށް ބަޔަކު ފައްސިވެފައި ވާތީ މި މަހުގެ ދެ ވަނަ ދުވަހުގެ ފަހުން އުނގޫފާރުން ފުރި މީހުން ކަރަންޓީނު ވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގި ނަމަވެސް އެ މުއްދަތުގައި އެ ރަށަށް ވަޑައިގަތް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ހިމެނޭހެން ސަރުކާރުގެ އިސްވެރިން ހިމެނިވަޑައިގަންނަވާ ވަފުދު ކަރަންޓީނު ވެފައި ނުވާތީ އެބޭފުޅުން ކަރަންޓީން ވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ. މިނިސްޓަރ ނަސީމާއިއެކު ސަރުކާރުގެ ވަފުދެއް އުނގޫފާރަށް ވަޑައިގެންނެވީ […]

ހަތަރު ގައުމެއްގެ މީހުންނާ އިނުން ސައުދީ ފިރިހެނުންނަށް މަނާކޮށްފި

ހަތަރު ގައުމެއްގެ މީހުންނާ ކައިވެނިކުރުން ސައުދީ އަރަބިއްޔާގެ ފިރިހެނުންނަށް މަނާކޮށްފި އެވެ. ނަން ހާމަކުރަން ބޭނުންނުވާ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ސައުދީގެ މީޑިއާތަކުން ބުނީ ސައުދީ ފިރިހެނުން ކައިވެނި ކުރުން މަނާކުރީ ޕާކިސްތާނާއި ބަންގަލަދޭޝް އާއި މިއަންމާގެ އިތުރުން ޗާޑްގެ އަންހެނުންނާ ކަމަށެވެ. މިހަތަރު ގައުމަކީ ސައުދީ ފިރިހެނުން އެންމެ ގިނައިން ކައިވެނި ކުރާ ގައުމުން ބޭރުގެ އަންހެނުން ނިސްބަތްވާ ގައުމުތަކެވެ. މިހާރު ވެސް މިގައުމުތަކަށް ނިސްބަތްވާ ފަސްލައްކަ އަށްވުރެ ގިނަ އަންހެނުން ސައުދީ ފިރިހެނުންނާއި ކައިވެނިކޮށްގެން އެގައުމުގައި […]

ބްރެޒިލުން މަރުވާ މީހުންގެ އަދަދު މައްޗަށް، ރައީސް އަށް ޕްރެޝަރު

ކޮވިޑް ޖެހިގެން ބްރެޒިލުން މަރުވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވެ، އެގައުމުގެ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލި މީހުން އިތުރުވާން ފެށުމުން ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ އަށް ވަރަށް ބޮޑަށް ޕްރެޝަރު ބޮޑުވެއްޖެއެވެ. ބްރެޒިލްގެ މީޑިއާތަކުން ބުނާ ގޮތުގައި ބްރެޒިލްގެ އުއްތަމަ ފަނޑިޔާރު ލުއިސް ފަޒް ވެސް ވަނީ ބޮލްސޮނާރޯ އަށް ފޯނުން ގުޅުއްވާ ކޮވިޑް ކޮންޓްރޯލް ކުރުމުގެ ސިޔާސަތައް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ބްރެޒިލްގެ ހާލަތު ކޮންޓްރޯލުން ނައްޓާލާފައި ވާއިރު އެގައުމުގެ ރައީސް […]

އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހަދަނީ 

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްޤީ ކޮށްދޭނެ އިންވެސްޓަރަކު ހޯދުމަށް އިކޮނަމިކް މިނިސްޓްރީން އިޢުލާންކޮށްފިއެވެ. އިކޮނަމިކް މިނިސްޓްރީން ވަނީ އުތުރުގައި ބައިނަލްއަޤްވާމީ ކޮންޓެއިނަރ ޓްރާންޝިޕްމަންޓް ބަނދަރެއް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުޞޫލުން ތަރައްޤީކުރުމަށްޓަކައި މިކަމަށް ޝައުގެވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އިކޮނަމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރ ބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބިފައިވާ ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއްގެ […]

ގުޅުން ބަދަހިކުރަން ރައީސް ޤަޠަރަށް ފުރައިވަޑައިގެންފި 

ޤަޠަރާއިއެކު ރާއްޖެއިން އަލުން ސިޔާސީ ގުޅުން ގާއިމު ކުރުމަށް ފަހު އެގައުމާއި ގުޅުން ބަދަހިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޤަޠަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރައިވަޑައިގެންފިއެވެ. ރައީސް ޤަޠަރަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް ފަހު ބަނގުލަދޭޝްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އެގައުމަށް ވެސް ވަޑައިގަންނަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި އަދި ސަރުކާރުގެ އިސްއޮފިޝަލުންގެ މައްޗަށް އެކުލެވޭ ވަފުދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި ޤަޠަރަށް ވަޑައިގެންނެވުމުގެ އެންމެބޮޑު ބޭނުންފުޅަކީ ނިމިދިޔަ […]

ފޭދޫގައި ހިންގި ގްރޫޕް މަރާމާރީއާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފި 

ހުކުރު ވިލޭރޭ އައްޑޫގައި ހަތް މީހަކު ޒަހަމްކޮށްލި ގްރޫޕް މަރާމާރީއާއި ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފިއެވެ. ފޭދޫގެ ދެގްރޫޕެއްގެ ދެމެދުގައި ހިނގި ގްރޫޕް މަރާމާރީ އާއި ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ. ފުލުހުން ވިދާޅުވީ ހައްޔަރު ކޮށްފައި ވަނީ 21، 32، 20، 21 އަދި 18 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ. މިމައްސަލަ ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުން ކަމަށް ވެސް […]

ކަރަންޓީން ނުވެ ކެމްޕޭނަށް ދަތުރު ކުރެވޭ ގޮތްހަދައިފި 

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ކަރަންޓީން ވާން ނުޖެހޭ ގޮތައް އުސޫލު ބަދަލުކުރަން އެޗްޕީއޭ އިން ނިންމައިފިއެވެ. އެޗްޕީއޭ އިން މިރޭ ކައުންސިލް އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދިއުމުގެ އުސޫލަށް ބަދަލު ގެނެސްފައެވެ. މިރޭ ގެނައި ބަދަލުގައި ބުނެފައި ވަނީ ތާއީދު ހޯދުމާއި، ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާންވާނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެ ކަމަށް ކަނޑައަޅައި އާންމުކުރާ ޚާއްޞަ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ […]

އަދީބާއި ޒިޔަތު ގެއަށް ބަދަލުކުރީ ޔާމީނާއި ދެކޮޅަށް ހެކިބަސް ދިނުމުން: ޑރ.ޖަމީލް

ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އިސްކޮށް އަމަލީ ގޮތުން ބައިވެރިވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭ ބަންދުގައި ތިބޭތީ ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އަދީބާއި ޒިޔަތު ގޭގައި ތިބީ ޑޮކްޓަރެއްގެ ލިޔުމެއް އޮތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވި ނަމަވެސް ހަޤީޤަތަކީ އެދެމީހުން ގެއަށް ބަދަލު ކުރީ ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދިނުމުން ކަމަށް […]

ވެކްސިން ފުރިހަމަ ކުރުމުން މާސްކު ނާޅައި އުޅެވިދާނެ: އެމެރިކާގެ ސީޑީސީ

ކޮވިޑް-19 ވެކްސިންގެ ހުރިހާ ޑޯޒެއް ފުރިހަމަކުރާ މީހުންނަށް މާސްކު ނާޅައި އުޅެވިދާނެކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން ން ބުނެފިއެވެ. ސީޑީސީން އާންމުކުރި އައު އިރުޝާދުތަކުގައި ބުނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން އިމާރާތްތަކުގެ އެތެރޭގައި އެކަކު އަނެކަކާ ބައްދަލު ކުރާނަމަ މާސްކު އަޅަން ނުޖެހޭނެކަމަށެވެ. ނަމަވެސް ބޭރަށް ނުކުމެ އުޅެން ޖެހޭނީ މާސްކު އަޅައިގެންކަމަށާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް މާސްކު ނާޅައި ދިޔުން ރަނގަޅު ނޫންކަމަށް ސީޑީސީން ބުނެއެވެ. […]