އަދީބާއި ޒިޔަތު ގެއަށް ބަދަލުކުރީ ޔާމީނާއި ދެކޮޅަށް ހެކިބަސް ދިނުމުން: ޑރ.ޖަމީލް

Loading

Facebook
Twitter
WhatsApp

ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އިސްކޮށް އަމަލީ ގޮތުން ބައިވެރިވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭ ބަންދުގައި ތިބޭތީ ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އަދީބާއި ޒިޔަތު ގޭގައި ތިބީ ޑޮކްޓަރެއްގެ ލިޔުމެއް އޮތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވި ނަމަވެސް ހަޤީޤަތަކީ އެދެމީހުން ގެއަށް ބަދަލު ކުރީ ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދިނުމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ވެސް އިސްކޮށް ހަރަކާތްތެރިވާ ޑރ.ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އަދީބާއި ޒިޔަތު ފިޔަވައި ޖަލުގައި ތިބި އެނޫން އެއްވެސް މީހެއްގެ އަތުގައި ޑޮކްޓަރުންގެ ލިޔުން ނެތީތޯ ސުވާލު ރައީސް ޞާލިހާއި ސުވާލު ކުރައްވާފައެވެ.

”ޙަޤީގަތަކީ ރައީސް ޔާމީނާ ދެކޮޅަށް ހެކިދިނުމުން ބަދަލުގައި އިނާމަކަށް އެ ދެ މީހުން ގެއަށް ބަދަލުކުރި. މިކަމުގެ ހެކި އެބަހުރި. ރައީސް ޔާމީން ގެއަށް ބަދަލުކޮށް ސްޓްރެސް ފްރީ މާހައުލެއްގައި ބަހައްޓަންޖެހޭ ކަމުގެ ލިޔުން ތަކުރާރުކޮށް ހުށަހެޅުމުންވެސް ޤަބޫލެއް ނުކުރި.“ ޑރ.ޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީލް ވިދާޅުވީ ވަކިވަކިން ރައީސް ޞާލިހްގެ ފަރާތުން އެކިފަރާތްތައް މެދުވެރިކޮށް ޕްރެޝަރުކުރަމުންދަނީ ރައީސް ޔާމީން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކަމަށެވެ. އެވަރުން ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފޮނުވަން ކެތްމަދުވެގެން އުޅުއްވަނީ ކީތްވެތޯ ވެސް ޑރ.ޖަމީލް ސުވާލު ކުރައްވާފައި ވެއެވެ.

ރައީސް ޞާލިހް އިއްޔެ ވިދާޅުވި ގޮތުގައި އަދީބާއި ޒިޔަތު ގޭގައި ބަހައްޓަންޖެހޭ ކަަމަށް ޑޮކްޓަރު ދެއްވާފައިވާ ފަދަ ލިއުމެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ލިބިފައެއް ނެތެވެ. ރައީސް ޔާމީނާއި ގުޅިގެން ޑޮކްޓަރުން ލަފާ ދެއްވާފައި އޮތީ ޓެސްޓްތަކެއް ހަދަން ބޭރަށް ފޮނުވަން ކަމަށާއި އެ ފުރުސަތު ޔާމީނަށް އެރުވި ކަމަަށް ރައީސް ވިދާޅުވި އެވެ.

Loading

One Response

  1. ވެދާނެ 2018 ކެމްޕޭނަށް އެފައިސާތަކުން އިންވެސްޓުވެސް ކޮށްފައިވާތީކަމަށް. މޮހޯމެން ޔޫކޭގައި ތިބެގެންވެސް އެމީހުންގެ ވައްކަން ނުބަލާ އެކައުންޓުތައް ފުރީޒް ދޫކޮށްލަދޭމަތިން ހެދި ޑީލްވެސް ޖެހޭ ނޯޓުކޮށްލަން. މާތްﷲ ގަންދީ ކުރި ބޮޑު ހުވާ ދޮގު ހުވައަކަށް ބަދަލުވެ ނިމިއްޖެނަމަ ނިމުންވެސް ގޯސްވެދާނެއެވެ. އެހެނީ ﷲ އީ އަޑު އައްސަވާ ބައްލަވާ ރަސްކަލާންގެ އެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް