ދޮޅުމަސް ފަހުން އަނެއްކާވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށައިފި 

Loading

Facebook
Twitter
WhatsApp
Passengers wear masks to prevent the outbreak of a new coronavirus at a bus station in Kuala Lumpur, Malaysia, January 31, 2020. REUTERS/Lim Huey Teng

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދަށަށް ދަމުން އަންނަތާ ހަތް ހަފްތާ ފަހުން އަނެއްކާވެސް ދުނިޔެ އިން ކޮވިޑް ޖެހޭ މީހުންގެ ޢަދަދުއިތުރުވެއްޖެއެވެ. ދުނިޔޭގައި މިހާތަނަށް 114 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި 2.5 މިލިއަން މީހުންވަނީ އެ ބަލީގައި މަރުވެފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުންވަނީ ދުނިޔޭގައި ކޮވިޑް ޖެހޭ މީހުންގެ ޢަދަދު ވިދިވިދިގެން ހަތް ހަފުތާވަންދެން ދަށަށް ގޮސްފައިވާކަމަށް ދައްކާފައެވެ. އެއާއިއެކު ކޮވިޑްގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތު ރަނގަޅުވާން ފަށާފައިވާކަމުގެ އުންމީދު އައުވި ނަމަވެސް ބަލިޖެހޭ މީހުންގެ ޢަދަދު އަނެއްކާވެސް އިތުރުވާން ފަށައިފާވާކަމަށް ޑަބްލިއުއެޗުއޯގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އިތުރުވަމުންދާ އަދަދުތަކާއި ގުޅޭގޮތުން ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުސް ވިދާޅުވީ ބަލިފެތުރޭ މިންވަރު އިތުރުވުމުން އެކަމާއިމެދު ހިތާމަކުރި ނަމަވެސް އެކަމާއިމެދު ހައިރާން ނުވާކަމަށެވެ. ބަލިފެތުރޭ މިންވަރު އިތުރުވެފައިވާ އެއް ސަބަބަކީ ޤައުމުތަކުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، ވައިރަހުގެ އެކި ވޭރިއަންޓުތައް ހަލުވިކަމާއިއެކު ދައުރުވަމުން ދިޔުންކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗުއޯގެ ކޮވިޑާއި ބެހޭ ފަންނީ އިސްވެރިޔާ، މާރިއާ ވޮން ކާޚޮވް ވިދާޅުވީ އެންމެ ފަހުގެ ޢަދަދުތަކަކީ ބަލި ކޮންޓްރޯލްކުރުމުގައި ފަރުވާކުޑަކޮށްފިނަމަ ބަލި ފެތުރޭ މިންވަރު އަލުން އިތުރުވެދާނެކަމުގެ އިންޒާރެއްކަމަށެވެ. އަދި އެގޮތަށް ކަންތައް ވުމަށް ފުރުޞަތު ދެވެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް މިހާރު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެކްސިން ދެމުން ގެންދާތީ ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ބަލި ކޮންޓްރޯލް ކުރެވިދާނެ ކަމަށް ގިނަ ތަޖުރިބާކާރުން އުއްމީދު ކުރެއެވެ. ނަމަވެސް މިހާރު ފެތުރެމުންދާ ވޭރިއަންޓްތަކުގެ ސަބަބުން ހާލަތައް ބޮޑު ބަދަލެއް އަތުވެދާނެ ކަމުގެ ބިރު ވެސް އެބައޮތެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް