ވެއްޓުނު ޓާފްރޯލް ދަށުވި ޒުވާނާ ނިޔާވެއްޖެ 

11

އެމްޕީއެލް ސަރަހައްދުގައި މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ގައިމައްޗަށް ޓާފް ރޯލެއް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާއަށް އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

އެމްޕީއެލް ސަރަހައްދުގައި ހިނގި ނުރައްކާތެރި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުމުގެ ސަބަބުން ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ހދ. ނޮޅީވަރަން، ނައިޓް ޓްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީއެވެ.

އޭނާ ނިޔާވީ އިތުރު ފަރުވާއަށް އިންޑިއާ އަށް ގެންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ. އިމްރާން ނިޔާވީ އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭ 1:30 އެހައިކަންހާއިރު އެވެ.

މިއީ މި އަހަރުގެ ތެރޭގައި އެމްޕީއެލްގައި ހިނގި މިފަދަ ދެވަނަ ހާދިސާ އެވެ. މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި، ބިއްލޫރި ޕެލެޓެއް، ކޮންޓޭނަރަކުން ނެރުމަށް ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައި ނ. ލަންދޫ ފޭރުގަސްދޮށުގެ، އަބްދުﷲ އާސިމް، 27ގެ ގައިމައްޗަށް ޕެލެޓެއް ވެއްޓި ލިބުނު އަނިޔާތަކާއި ގުޅިގެން އޭނާ ވެސް ވަނީ ނިޔާވެފައެވެ.

1 ހިޔާލު

  1. އެމްޕީއެލްގެ އެކްސިޑެންޓްތައް މިދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. ޕޯޓުގެ ޙާލަތު އެހާ ޚަރާބުވެފައިވާއިރު އެތަނުގައި މަސައްކަތްކުރާމީހުންގެ ފުލް ރިސްކު އިންޝުރެންސް އެކުންފުނިން ނެގިފާއޮރުން އެއީ ކޮންމެހެން ކުރެވިފައި އޮންނަންވީ ކަމެކެވެ. އެއީ މީހެއްގެ ލައިފު އެއީ ވަރަށް ވަރަށް އަގުބޮޑު އެއްޗެކެވެ. ބަލަމާ ދޯ؟

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ