ހަރަށެއްގެ ބިންހިއްކުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފި

ހަ ރަށެއްގެ ބިންހިއްކުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށް އެކަމަށް ހަރަދުވާ 752 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ. މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ ރ. ދުވާފަރާއި. ހއ. އިހަވަންދޫ، އއ. އުކުޅަސް، ތ. ހިރިލަންދޫގެ އިތުރުން ގއ. ދާންދޫ އަދި މ. ދިއްގަރުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފަ އެވެ. އެ މަޝްރޫޢުތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން […]

ހެލްތް މިނިސްޓަރ ނަސީމަށް ރުހުން ދިނުމަށް ކޮމިޓީއިން ފާސްކޮށްފި

ހެލްތް މިނިސްޓަރު ކަމަށް އައްޔަން ކުރި އަހްމަދު ނަސީމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީން ފާސްކޮށްފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، ނަސީމް އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހު އެވެ. ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުން ފާސްވީ ނަސީމަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. އެގޮތަށް ފާސްވީ ކޮމިޓީގައި އޭރު ތިއްބެވި ނުވަ މެމްބަރުންގެ […]

އަލުން ޕާކުތަކާއި މައިޒާންތައް ހުޅުވައިލަނީ

ކޮވިޑް-19 ފެތުރުމުން ދާތީ ޕާކުތަކާއި މައިޒާންތައް ހަމަހެއްހާ ދުވަސްވަންދެން ބަންދުކޮށްފައި ބެހެއްޓުމަށްފަހު އަލުން އެތަން ތަން ހުޅުވުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ދެއްވައިފިއެވެ. ޕާކުތައް ބަންދުކުރިތާ ހައެއްކަ މަސް ފަހުން އެ ތަންތަން ހުޅުވުމުގެ ހުއްދަ ދީފައި ވިނަމަވެސް ޢަމަލު ކުރަންޖެހޭނެ އުސޫލުތަކެއް އެޗްޕީއޭއިން ވަނީ ހާމަކުރައްވައިފައެވެ.   އެޗްޕީއޭ އިން އާންމުކުރެއްވި އުސޫލުގައިވާގޮތުން ޕާކުތަކާއި މައިޒާންތައް ހުޅުވާއިރު އެތަންތަނުގައި، ކޮވިޑް-19އާ ގުޅިގެން އަމަލުކުރަން ޖެހޭ އާންމު އުސޫލުގެ އިރުޝާދުތައް ލިޔެ ހަރުކޮށްފައި ހުންނަން ޖެހެ […]

އަތޮޅުތެރޭގެ ޕްރީސްކޫލާއި ފައުންޑޭޝަން ދަރިވަރުންގެ ކިޔެވުން އަލުން ފަށަނީ

އަތޮޅުތެރޭގެ ރަށްރަށުގައި ޕްރީސްކޫލް ދަރިވަރުންނާއި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދިނުން އަލުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމަވައިފިއެވެ. އަތޮޅުތެރޭގެ ޕްރީސްކޫލް ދަރިވަރުންނާއި ފައުންޑޭޝަން ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭން ފެއްޓިއަސް އަދިވެސް މާލެ ސަރަހައްދުގެ އެދެ ސްޓޭޖްގެ ދަރިވަރުން ކިޔަވާނީ އޮންލައިންކޮށް ގޭގައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކޮވިޑް-19 ގެ މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ ދަށުން ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލުގެ ދަރިވަރުންނަށް އަންނަ އާދިއްތަ […]

ބައިޑަން ސަރުކާރު އެކުލަވައިލައްވަން ފައްޓަވައިފި

  އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑަން ސަރުކާރު އެކުލަވއިލެއްވުމުގެ މަސައްކަތް ފައްޓަވައިފިއެވެ. ރައީސް ބައިޑަން އާއި ނައިބް ރައީސް ކަމަށް ވަޑައިގަންނަވާ ކަމަލާ ހަރިސްގެ ފުރަތަމަ މަސައްކަތަކަށް ވާނީ ކޮވިޑް-19 އެޑްވައިޒަރީ ޓީމެއް އެކުލަވައިލަވައިލެއްވުމެވެ. އެ ޓީމު ހޯމަ ދުވަހު އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ހިމެނޭ ވެބްސައިޓަކާއި ޓްވިޓާ ފީޑެއް ވެސް މިހާރު ވަނީ އިފްތިތާހުކޮށްފަ އެވެ. އެ […]

އަންނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ހުޅުވައިލައިފި

އަންނަ އަހަރުގެ މެއި ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި ބައިވެރިވުމަށް އެދޫފޯމު ދޫކުރުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން ފަށައިފިއެވެ. ޕަބްލިކް އެގްޒެމިނޭޝަނުން ވިދާޅުވީ، 2021 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އިމްތިހާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން މިއަދުން ފެށިގެން ނޮވެންބަރު 23 ވަނަ ދުވަހުގެ ނިޔަލަށް އެޑިޕާޓްމަންޓުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން […]

އައިޖީއެމްއެޗްގެ ބައެއް ޙިދްމަތްތައް ޢާންމު ޙާލަތަށް ގެނައުމަށް ނިންމަވައިފި

އައިޖީއެމްއެޗް އިން ކޮވިޑް-19 އާއި ގުޅިގެން އަޅައިފައިވާ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް އުވާލައި، ބައެއް ޙިދްމަތްތައް ޢާންމު ޙާލަތަށް ގެނައުމަށް ނިންމަވއިފިއެވެ. އެ ހޮސްޕިޓަލުން ވިދާޅުވެފައިވަނީ މީގެ ކުރިން ރޫޓިންކޮށް ދެމުންދިޔަ މެމޮގްރާމް ފަދަ ޙިދުމަތްތައް ދިނުމުގެ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށާއި ނަމަވެސް އެ ހިދުމަތްތައް އަލުން ކުރިއެކޭ އެއްގޮތަށް އާންމު ޙާލަތުގައި ދޭ އުސޫލުން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އައިޖީއެމްއެޗުން ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުންދާތީ، ހޮސްޕިޓަލުގެ ޙިދުމަތްތައް އާންމު […]

ތިންވަނަ ޓެލެކޮމް އޮޕަރޭޓަރަކަށް ހުއްދަދެނީ

ރާއްޖޭގައި ތިންވަނަ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރަކަށް ނުވަތަ ކުންފުންޏަކަށް ލައިސަންސް ދިނުމަށް ހުޅުވާލުމަށް ސަރުކާރުން ރާވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ އަމީރު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުންނެވެ.އަންނަ އަހަރު އާމްދަނީ ހޯދުމަށްޓަކައި މުޅިން އަލަށް ހަ ކަމެއް ބަޖެޓުގައި ހިމަނުއްވާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. އޭގެތެރެއިން އެއްކަމަކީ އަލަށް ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރަކަށް ހުއްދަދިނުމެވެ. އެގޮތުން، ބަޖެޓުގައިވާ ގޮތުގައި ޓެލެކޮމް ލައިސަންސް ފީއަށް ގެންނަ ބަދަލާއި ފްރިކުއަންސީ […]

ޓުއަރިޒަމް މިނިސްޓްރީގެ ޕީއެސް އިސްތިއުފާ ދެއްވައިފި

ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފް ސަސްޕެންޑުކޮށްފައި ހުއްޓައި މަޤާމުން އިސްތިއޢުފާ ދެއްވައިފިއެވެ. ސޫޒަން މަގާމުން އިސްތިޢުފާ ދެއްވިއިރު،ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެމިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހޯދުމަށް ވަނީ އިޢުލާނުކުރއްވައިފައެވެ. އެ އިޢުލާނުގައި ބުނެފައިވަނީ މި މަހުގެ 19 އާ ހަމައަށް އެ މަޤާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ސިވިލް ސާވިސް ކޮމިޝަނުން ސޫޒަން ސަސްޕެންޑުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17ގައެވެ. ސޫޒަންގެ ސަސްޕެންޝަނާއި ގުޅޭގޮތުން ސީއެސްސީ އިން […]

މިޔަންމާގެ އިންތިޙާބުގައި ރޮހިންގާ މީހުންނަށް ވޯޓު ނުލެވޭ

  މިޔަންމާގައި އަންނަ އާދިއްތަ ދުވަހު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވާއިރު އެޤައުމުގެ ރޮހިންގާ ދަރިކޮޅުގެ މީހުންނަށް ވޯޓު ނުލެވޭ ގޮތަށް ހަމަޖައްސައިފި ކަމަށް ”އަލްޖަޒީރާ“އިން ރިޕޯޓުކޮށްފިއެވެ. އެ ނިންމުމާއެކު މިޔަންމާގެ ހަމަނުޖެހުން ބޮޑު ސަރަހައްދުތަކުގައި ދިރިއުޅޭ ބައި މަދު ނަސްލުތަކުގެ 1.5 މިލިއަން މީހުންނަށް ވޯޓެއް ނުލެވޭނެއެވެ. އޭގެ ތެރެއިން ރާކިން ސްޓޭޓްގައި ދިރިއުޅޭ ބައެއް ބުޑިސްޓުންނަށްވެސް ވޯޓު ނުލެވޭނެއެވެ. ނަމަވެސް ދެހާސް ފަނަރަ ވަނަ އަހަރު ބޭއްވި އިންތިހާބްގައި އެމީހުންނަށް ވޯޓު ލެވުނެވެ. އޭގެ […]