ޓުއަރިޒަމް މިނިސްޓްރީގެ ޕީއެސް އިސްތިއުފާ ދެއްވައިފި

Loading

Facebook
Twitter
WhatsApp

ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފް ސަސްޕެންޑުކޮށްފައި ހުއްޓައި މަޤާމުން އިސްތިއޢުފާ ދެއްވައިފިއެވެ.

ސޫޒަން މަގާމުން އިސްތިޢުފާ ދެއްވިއިރު،ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެމިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހޯދުމަށް ވަނީ އިޢުލާނުކުރއްވައިފައެވެ. އެ އިޢުލާނުގައި ބުނެފައިވަނީ މި މަހުގެ 19 އާ ހަމައަށް އެ މަޤާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުން ސޫޒަން ސަސްޕެންޑުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17ގައެވެ. ސޫޒަންގެ ސަސްޕެންޝަނާއި ގުޅޭގޮތުން ސީއެސްސީ އިން ބުނީ ޕީއެސް ސަސްޕެންޑު ކުރީ ކޮވިޑް19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ކުރި މަސައްކަތްތަކާ ގުޅޭ އޮޑިޓް ރިޕޯޓާއި، އެ މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން ޕީއެސްއާއި ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކަކާއި ގުޅިގެން ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހަށް އެޑްރެސްކޮށް ޓޫރިޒަމްގެ މުވައްޒފުންގެ ފަރާތުން އެ މިނިސްޓްރީގެ ޕީއެސް އާއި މެދު ހުރި ޝަކުވާތައް ބަޔާންކޮށް ވަނީ ސިޓީއެއް ފޮނުވައިފައެވެ.

އެ ސިޓީގައި ސޫޒަން ކިބައިގައި އެ މަޤާމު އަދާ ކުރުމުގެ ގާބިލުކަން ހުރިކަމާމެދު ސުވާލު އުފައްދާފައިވެ އެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ މައުލޫމަތުތައް ސޫޒަންގެ ކިބައިގައި ނެތް ކަމަށް ސިޓީގައި ބުނެފައިވެއެވެ. އަދި ޕީއެސްގެ މަސްއޫލިއްޔަތުތައްވެސް ސޫޒަން ފުރިހަމަ ނުކުރާ ކަމަށް ސިޓީގައި ބުނެއެވެ.

އެ ސިޓީގައި ސުޒޫން މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. އަދި މިނިސްޓްރީގެ ބައެއް އިސްވެރިންނާއި މުވައްޒަފުންނާ ދެމެދު މަސްލަހަތު ގެއްލި މައްސަލަތަކެއް އުފެދޭ ގޮތަށް ސޫޒަން މުއާމަލާތްތައްވެސް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މުވައްޒަފުންގެ ހައްޤުތަކާއިގުޅޭ ކަންކަމުގައިވެސް ސޫޒަން ”ބޮޑެތި އިހުމާލުވެފައިވާކަން“ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، މުވައްޒަފުން ލައްވާ ގަވައިދާ ހިލާފަށް މަސައްކަތް ކުރުވުމާއި މުވައްޒަފުންނަށް ދޭންޖެހޭ ޗުއްޓީ ނުދޭކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި މުވައްޒަފުންނާ ގުޅުންހުރި ކަންކަމުގައި ސޫޒަންގެ އެހީތެރިކަން ނުލިބޭކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

Loading

One Response

  1. ބޫން ބޫން މި މަންޖެއާއި އެއްވެސް ގުޅުމެއް ހިންގީބާ؟ ބައެއްފަހަރަށް ކަންނުވެ ނަންވެސްވޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް