އަތޮޅުތެރޭގެ ޕްރީސްކޫލާއި ފައުންޑޭޝަން ދަރިވަރުންގެ ކިޔެވުން އަލުން ފަށަނީ

Loading

Facebook
Twitter
WhatsApp

އަތޮޅުތެރޭގެ ރަށްރަށުގައި ޕްރީސްކޫލް ދަރިވަރުންނާއި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދިނުން އަލުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމަވައިފިއެވެ.

އަތޮޅުތެރޭގެ ޕްރީސްކޫލް ދަރިވަރުންނާއި ފައުންޑޭޝަން ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭން ފެއްޓިއަސް އަދިވެސް މާލެ ސަރަހައްދުގެ އެދެ ސްޓޭޖްގެ ދަރިވަރުން ކިޔަވާނީ އޮންލައިންކޮށް ގޭގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކޮވިޑް-19 ގެ މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ ދަށުން ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލުގެ ދަރިވަރުންނަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އުމުރާ ގުޅޭ ހަރަކާތްތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން މާޗު 12ވަނަ ދުވަހު ސްކޫލުތައް ބަންދުކުރިގޮތަށް، ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލު އުމުރުގެ ކުދިންނަށް ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ. މާލެ ސަރަހައްދުގައި ޖުލައި 1 ގައި ގްރޭޑު 9 އިން ފެށިގެން މައްޗަށް ކިޔަވައިދޭން ފެށުމަށް ފަހު މިދިޔަ މަހު ވަނީ ގްރޭޑު 7 އަދި 8 އަށް ވެސް ކިޔަވައިދޭން ފަށައިފަ އެވެ. ނަމަވެސް އަތޮޅުތެރޭގައި ޖުލައި 1 ގައި ވަނީ ގްރޭޑު 1-12 އަށް ކިޔަވައިދޭން ފަށައިފަ އެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ޓާމް ނިމޭނީ އަންނަ މަހުގެ 3ގައެވެ. އަދި މި އަހަރުގެ ދެ ވަނަ ޓާމު ފަށާނީ ޖެނުއަރީ 10، 2021 ގައެވެ. ޖޫން 24، 2021 ވަންދެން ދެ ވަނަ ޓާމު ދެމިގެންދާނެ އެވެ. ދެ ވަނަ ޓާމުގެ ޗުއްޓީ އަށް ފަހު، އަންނަ އަހަރުގެ ދިރާސީ އާ އަހަރު ފަށަން ހަމަޖައްސާފައިވަނީ އޮގަސްޓް 10 ގަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް