ހެލްތް މިނިސްޓަރ ނަސީމަށް ރުހުން ދިނުމަށް ކޮމިޓީއިން ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

ހެލްތް މިނިސްޓަރު ކަމަށް އައްޔަން ކުރި އަހްމަދު ނަސީމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީން ފާސްކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، ނަސީމް އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހު އެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުން ފާސްވީ ނަސީމަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.

އެގޮތަށް ފާސްވީ ކޮމިޓީގައި އޭރު ތިއްބެވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ.

ނަސީމަށް ހެލްތް މިނިސްޓަރުކަން ރައީސް ދެއްވިއިރު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައެވެ. ނަސީމަކީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅެކެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭނާވަނީ ފޮރިން މިނިސްޓަރުކަން ކުރައްވައިފަ އެވެ.

ހެލްތް މިނިސްޓަރުގެ މަގާމު ހުސްވެފައިވަނީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެމަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަމީން އިސްތިއުފާ ދެއްވީ ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތައް ގަތުމުގައި މަކަރާއި ހީލަތް ހަދައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތަހުމަތުވާ މައްސަލައިގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް