އަންނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ހުޅުވައިލައިފި

Loading

Facebook
Twitter
WhatsApp

އަންނަ އަހަރުގެ މެއި ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި ބައިވެރިވުމަށް އެދޫފޯމު ދޫކުރުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން ފަށައިފިއެވެ.

ޕަބްލިކް އެގްޒެމިނޭޝަނުން ވިދާޅުވީ، 2021 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އިމްތިހާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން މިއަދުން ފެށިގެން ނޮވެންބަރު 23 ވަނަ ދުވަހުގެ ނިޔަލަށް އެޑިޕާޓްމަންޓުން ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:30 އަށް، އެ ޑިޕާޓްމަންޓުގެ ކައުންޓަރުން ކަމަށް އެއިއުލާނުގައި ވެއެވެ.

އަދި ފޯމު ހުށަހަޅާއިރު އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެނައުމަށް ވަނީ އެދިފައެވެ. އެޕްލިކޭޝަން ފޯމާއި ފީޝީޓު އެޑިޕާޓްމަންޓުންނާއި މިޑިޕާޓްމަންޓުގެ ވެބްސައިޓު www.dpe.edu.mv އިން ލިބެން ހުންނާނެ ކަމަށްވެސް އެ އިއުލާނުގައި ވިދާޅުވެފައިވެއެވެ.

އިމްތިހާނުގައި ބައިވެރިވުމަށް އެދޭ ފޯމާއި، ފައިސާ ބަލައިގަންނާނީ ހަމައެކަނި އެ ޑިޕާޓްމަންޓުގެ ކައުންޓަރުން ކަމަށް އިއުލާނުގައި ވެއެވެ.

މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި، އަންނަ އަހަރުގެ މެއި ޖޫންގައި އޮންނަ ކެމްބްރިޖް އިމްތިހާނުގައި ރާއްޖޭގެ 1529 ކުދިން ބައިވެރިވާނެއެވެ.

ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވަމުން ގެންދާ އޮކްޓޯބަރު އަދި ނޮވެމްބަރު އޯލެވެލް އިމްތިހާނުވަނި މި އަހަރު ވަނީ ފަސްކޮށްފައިވަނީ ކޮވިޑް-19އިގެ ޙާލަތާއި ގުޅިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް