މިޔަންމާގެ އިންތިޙާބުގައި ރޮހިންގާ މީހުންނަށް ވޯޓު ނުލެވޭ

Loading

Facebook
Twitter
WhatsApp

 

މިޔަންމާގައި އަންނަ އާދިއްތަ ދުވަހު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވާއިރު އެޤައުމުގެ ރޮހިންގާ ދަރިކޮޅުގެ މީހުންނަށް ވޯޓު ނުލެވޭ ގޮތަށް ހަމަޖައްސައިފި ކަމަށް ”އަލްޖަޒީރާ“އިން ރިޕޯޓުކޮށްފިއެވެ.

އެ ނިންމުމާއެކު މިޔަންމާގެ ހަމަނުޖެހުން ބޮޑު ސަރަހައްދުތަކުގައި ދިރިއުޅޭ ބައި މަދު ނަސްލުތަކުގެ 1.5 މިލިއަން މީހުންނަށް ވޯޓެއް ނުލެވޭނެއެވެ.

އޭގެ ތެރެއިން ރާކިން ސްޓޭޓްގައި ދިރިއުޅޭ ބައެއް ބުޑިސްޓުންނަށްވެސް ވޯޓު ނުލެވޭނެއެވެ. ނަމަވެސް ދެހާސް ފަނަރަ ވަނަ އަހަރު ބޭއްވި އިންތިހާބްގައި އެމީހުންނަށް ވޯޓު ލެވުނެވެ. އޭގެ އިތުރުން ރޮހިންގާގެ 1.1 މިލިއަން މީހުންގެ ތެރެއިން މިވަގުތު މިޔަންމާގައި ތިބި މީހުންނަށްވެސް ވޯޓު ނުލެވޭނެއެވެ.

މުހައްމަދު ޔޫސުފް ކިޔާ ރޮހިންގާ މީހަކު ”އަލް ޖަޒީރާ“ އަށް މައުލޫމާތު ދެމުން ބުނެފައިވަނި 1974 އިން ފެށިގެން 2010 އަކަށް އޭނާއަށް ވޯޓު ލެވުނު ކަމަށެވެ.

މިޔަންމާގެ އިލެކްޝަން ކޮމިޝަނުގެ ބަހެއް މިކަމާއި ގުޅިގެން ލިބިފައި ނުވާ ކަމަށް ވެސް ”އަލް ޖަޒީރާ“ އިން ބުނެއެވެ. ނަމަވެސް މިޔަންމާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވީ މިފަހަރުގެ އިންތިހާބްއަކީ މިނިވަން އަދި އެންމެނަށް ވޯޓު ލެވޭނެ އިންތިހާބަކަށް ވާނެ ކަމަށެވެ.

މި ފަހަރުގެ އިންތިހާބްގައި 38 މިލިއަން މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި އަލަށް ވޯޓު ލާ ފަސް މިލިއަން މީހުންވެސް ހިމެނެއެވެ.

މިޔަންމާގެ ގާނޫނުގައި ވާގޮތުން ޕާލަމަންޓްގެ ހަތަރު ބައި ކުޅަ އެއްބައި ގޮނޑިއަކީ މިލިޓަރީއަށް ހާއްސަކުރެވިފައިވާ ގޮނޑިތަކެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް