ފަސްލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

ރާއްޖޭގެ މިއަހަރުގެ ފަސްލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެއެވެ. އެފަތުރުވެރިޔާ ރާއްޖެ އައުމާއި އެކު މިއަހަރު ރާއްޖެއަށް ގެންނަން އަމާޒުކުރި ފަސް ލައްކަ ފަތުރުވެރިންގެ ޓާގެޓް މިއަދު ހާސިލްވެ ފުރިހަމަވީއެވެ. މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަސް ލައްކަ ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ފަސް ލައްކަ ވަނަ ފަތުރުވެރިއާ އަކީ ޖަރުމަނުގެ ރައްޔިތެއް ކަމުގައިވާ ކާސްޓިން މެޑެލައިން ނީޓްކާއެވެ. އޭނާ ރާއްޖެ އައީ މިއަދު ހެނދުނު […]

އިންޑިއާގައި ތެދުހާމަކުރަން އުޅުނު ނޫސްވެރިއަކު ދިރިހުއްޓާ އަންދާލައިފި

އިންޑިއާގައި ތެދުހާމަކުރަން އުޅުނު ނޫސްވެރިއަކު ދިރިހުއްޓައި އަންދައިލައިފިއެވެ. މިހާދިސާގައި ދިރިތިއްބައި އަންދާލައިފައިވަނީ އިންޑިޔާގެ ލަކްނަވްގެ ނޫހެއް ކަމަށްވާ “ރަޝްތްރިޔާ ސްވެރޫޕް“ ނަމަކަށް ކިޔާ ނޫހުގެ ނޫސްވެރިޔަކާއި އޭނާގެ ރަހުމަތްތެރިއެއް ކަމަށް އުއްތަޕްރަދޭޝްގެ ބަލްރާމްޕޫރު ފުލުހުން ބުނެއެވެ. ރާކޭޝް ސިންގް ނިރްބިކް ނަމަކަށް ކިޔާ މި ނޫސްވެރިޔާއާއި އޭނާގެ ރަހުމަތްތެރިޔާ ޕިންޓޫ ސަހޫ އަންދާލައިފައިވަނީ ރާކޭޝްމެން ގޭގައި ތިއްބާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާގައި ރާކޭޝްގެ ރަހުމަތްތެރި ޕިންޓޫ ވަނީ މަރުވެފައި ކަމަށާއި އަދި ރާކޭޝްގެ […]

ތޫފާން ބުރެވި ކުރިއަށްވުރެބޮޑަށް ރާއްޖެއާއި ކައިރިވެއްޖެ

ބުރެވި ތޫފާން ކުރިއަށްވުރެ ބޮޑަށް ރާއްޖެއާއި ކައިރިވެއްޖެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ(މެޓް) އޮފީހުން ވިދާޅުވެއްޖެއެވެ. ބުރަވި ތޫފާން މިހާރު ހުރީ ހއ.ކެލާގެ އިރުއުތުރުން ގާތްގަނޑަކަށް 760 ކިލޯމީޓަރު ދުރުން ގަލްގް އޮފް މަނާރުގައި ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ވިދާޅުވެއެވެ. މެޓް އޮފީހުން ވަނި، އެ ތޫފާނާއި ގުޅިގެން ކުރިން ނެރުނު ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފައެވެ. އެ ސަމާލަކީ އެސްއޯޕީގެ ދަށުން މެޓް އޮފީހުގެ ކޮންސާން އޭރިއާއަށް ތޫފާނެއް އުފެދިގެން […]

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޔޮޓްމެރީނާއަކާއި ކްރޫޒް ޓަމިންލްއެއް އަޅާނެ ބަޔަކު ހޯދަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށް ޤާއިމްކުރުމަށް ހަމަޖައްސައިފައިވާ ކްރޫޒް ޓާމިނަލާއި ޔޮޓް މެރީނާ އަޅައިދޭނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން އިއުލާންކޮށްފިއެވެ. މިކަމާއި ގުޅިގެން އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ވިދާޅުވެފައި ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޔޮޓް މެރީނާއެއް ޤާއިމްކޮށް ކްރޫޒް ޓާމިނަލް ހިންގުމަށް ޝައުގުވެރިވާ ފަރާތަކަށް އެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހަމަހަމަ ކަމާއިއެކު ފުރުސަތު ދިނުމުގެ ގޮތުން އީއައިއޯ ހުށަހެޅުމަށް އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި […]

ވައިގަދަވާނެ ކަމަށް ލަފާކޮށް ހަވީރު ކަނޑުދަތުރު ނުކުރުމަށް އިލްތިމާސް ކުރައްވައިފި

ވައިގަދަވާނެ ކަމަށް ލަފާ ކޮށް ހަވީރުގެ ވަގުތު ތަކުގައި ކަނޑުދަތުރު ނުކުރުމަށް އިލްތިމާސް ކުރައްވައިފިއެވެ. ސްރިލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ޠޫފާނަކަށް ބަދަލުވެ، ރާއްޖެ އަށް ވެސް އަސަރުކުރަމުން އަންނާތީ މިއަދު ހަވީރުން ފެށިގެން ކަނޑުދަތުރުތައް ނުކުރުމަށް މުސޫމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން އިލްތިމާސްކުރައްވައިފިއެވެ. މުސޫމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ލަންކާ ސަރަހައްދުގައި އުފެދިފައިވާ ބުރެވި ތޫފާނު ޓްރިންކޮމަލީ އާއި 240 ކައިރިއަށް ޖެހިފައިވާކަމަށެވެ. އަދި މިއަދު މެންދުރުފަހު އެ ޠޫފާނު […]

ކޯޓުގައި ކައިވެނި ކޮށްދޭން ފަށައިފި

ކޮވިޑް19އާއި ގުޅިގެން ކޯޓުން ބޭރުގައި އަދި ކޯޓުގައި ކައިވެނިކޮށްދިނުން މެދުކަނޑާލާފައި އޮތުމަށްފަހު ކުރިއެކޭ ވެސް އެއްގޮތަށް އަނެއްކާވެސް ކޯޓާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދޭން ފަށައިފި އެވެ. ފެމެލީ ކޯޓުން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން އޮންލައިންކޮށް ކައިވެނި ކޮށްދިން ނަމަވެސް، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޯޓަށް މީހުން ހާޒިރުކޮށްގެން ކައިވެނިކޮށްދޭން ނިންމާފައިވާ ކަމަށެވެ. މިއާއެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށްވެސް ކޯޓުން ވިދާޅުވެއެވެ. ފެމެލީ ކޯޓުން ވިދާޅުވީ، ކޯޓުން ބޭރުގައި ކައިވެނީގެ […]

”ކޮތަރު ކޮށިން“ ޤާނޫނީ ހައިސިއްޔަތު ހޯދައިފި

ބޯހިޔާވަހިކަން ހޯދުމުގެ މައްސަލައިގައި ޙައްޤުތައް ހޯދުމަށް އަޑުއުފުލަމުން އައި ”ކޮތަރު ކޮށި“ ގްރޫޕުން ”އާއްމުންގެ އެކުވެރި ގުޅުން“ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓްރީ ކޮށްފިއެވެ. ޖަމިއްޔާ ރަޖިސްޓްރީ ވުމާއި ގުޅިގެން އެޖަމިއްޔާ އިން ރޭ ބުނީ މިވަގުތު އެ ޖަމިއްޔާއިން އެއްމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރިއަށް ގެންދާނީ ހިޔާ ފްލެޓާއި ގުޅުން ހުރި މަސައްކަތްތަކެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ސިޔާސީ ވެރިންނާއި ބައްދަލުކޮށް ”ކޮތަރު ކޮށި“ ގްރޫޕުގެ 3700 މެންބަރުންގެ ހައްގުގައި ވާހަކަ ދައްކަން މިހާރު […]

ކަރަންޓީނު ވާންޖެހޭ މުއްދަތު ކުރުކުރުމަށް މަޝްވަރާ ކުރަނީ

ކަރަންޓީނުވާންޖެހޭ މުއްދަތު 10ދުވަހަށް ކުރުކުރުމަށް މަޝްވަރާ ކުރަން ފަށައިފިއެވެ. މީޑިއާތަކުން ރިޕޯޓް ކުރަމުންދާ ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ސިއްހީ ދާއިރާގެ އިސް ބޭފުޅުންނާއި ޑޮކްޓަރުން އަދި ތަޖުރިބާކާރުން ބައްދަލު ކުރައްވައި ރާއްޖޭގައި 14 ދުވަސް ވަންދެން ކަރަންޓީންގައި ތިބޭ ގޮތަށް އޮތް އޮތުން ބަދަލު ކުރުމަށް މަޝްވަރާ ކުރަށްވައިފައެވެ. މިއަދުގެ ވަގުތެއްގައި އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށްވެއެވެ. ކަރަންޓީންގެ މުއްދަތު 10 ދުވަހަށް ކުރު ކުރަން ނިންމި ކަމަށް ގެސްޓްހައުސް […]

ސިފައިންގެ ވަޒީފާއަށް ވަނުމަށް ހުޅުވައިލައިފި

ޑިފެންސް މިނިސްޓްރީ އިން ސިފައިންގެ ވަޒީފާއަށް ވަނުމަށް ހުޅުވައިލައިފިއެވެ. ސިފައިންގެ ވަޒީފާ އަށް ކުރިމަތިލުމުގެ ޝަރުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތެއް ކަމުގައިވުމާއި ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމެވެ. އަދި ޢުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުމެވެ. ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމެވެ. […]