އިންޑިއާގައި ތެދުހާމަކުރަން އުޅުނު ނޫސްވެރިއަކު ދިރިހުއްޓާ އަންދާލައިފި

Loading

Facebook
Twitter
WhatsApp

އިންޑިއާގައި ތެދުހާމަކުރަން އުޅުނު ނޫސްވެރިއަކު ދިރިހުއްޓައި އަންދައިލައިފިއެވެ.

މިހާދިސާގައި ދިރިތިއްބައި އަންދާލައިފައިވަނީ އިންޑިޔާގެ ލަކްނަވްގެ ނޫހެއް ކަމަށްވާ “ރަޝްތްރިޔާ ސްވެރޫޕް“ ނަމަކަށް ކިޔާ ނޫހުގެ ނޫސްވެރިޔަކާއި އޭނާގެ ރަހުމަތްތެރިއެއް ކަމަށް އުއްތަޕްރަދޭޝްގެ ބަލްރާމްޕޫރު ފުލުހުން ބުނެއެވެ.

ރާކޭޝް ސިންގް ނިރްބިކް ނަމަކަށް ކިޔާ މި ނޫސްވެރިޔާއާއި އޭނާގެ ރަހުމަތްތެރިޔާ ޕިންޓޫ ސަހޫ އަންދާލައިފައިވަނީ ރާކޭޝްމެން ގޭގައި ތިއްބާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާގައި ރާކޭޝްގެ ރަހުމަތްތެރި ޕިންޓޫ ވަނީ މަރުވެފައި ކަމަށާއި އަދި ރާކޭޝްގެ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

ރާކޭޝް މަރުވުމުގެ ކުޑަ އިރުކޮޅެއް ކުރިން ޑޮކްޓަރުންގެ ގާތު އޭނާ ބުނެފައިވަނީ އެ އަވަށުގެ އެންމެ އިސް މީހާގެ ކޮރަޕްޝަންއާއި ގުޅޭގޮތުން ނޫހުގައި ރިޕޯޓެއް ލިޔަމުން ދިޔަ ކަމަށެވެ. މިއަދު އޭނާއަށް މިފަދަ ހިތްދަތި ކަމެއް މި ކުރިމަތިވީ ތެދު ހާމަ ކޮށްދޭން އުޅުމުން ކަމަށް ރާކޭޝް ބުނާ ވީޑިއޯއެއް ވެސް ވަނީ ފުލުހުންނަށް ލިބިފައެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ އަކްރަމް، ލަލިތު މިޝްރާ، އަދި ރިންކޫ މިޝްރާ ނަމަކަށް ކިޔާ ބަޔަކަށެވެ. ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ފުލުހުން ވަނީ މި ތިން މީހުން ހައްޔަރު ކޮށްފައެވެ.

ރާކޭޝްއާއި ޕިންޓޫ އަންދާލާފައިވަނީ ސެނިޓައިޒަރ ބޭނުން ކޮށްގެން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި މަރުވެގެން ދިޔައީ ކުށެއް ނެތް ދެ މީހުން ކަމަށާއި އަދި ޕިންޓޫއަކީ މިކަމާއި އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން ކަމަށާއި މި ކަން ކުރި ފަރާތްތަކަށް ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށް ބުނެ ގިނަ ފަރާތްތަކަކުން ދަނީ އަޑު އުފުލަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް