ތޫފާން ބުރެވި ކުރިއަށްވުރެބޮޑަށް ރާއްޖެއާއި ކައިރިވެއްޖެ

9

ބުރެވި ތޫފާން ކުރިއަށްވުރެ ބޮޑަށް ރާއްޖެއާއި ކައިރިވެއްޖެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ(މެޓް) އޮފީހުން ވިދާޅުވެއްޖެއެވެ.

ބުރަވި ތޫފާން މިހާރު ހުރީ ހއ.ކެލާގެ އިރުއުތުރުން ގާތްގަނޑަކަށް 760 ކިލޯމީޓަރު ދުރުން ގަލްގް އޮފް މަނާރުގައި ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ވިދާޅުވެއެވެ.

މެޓް އޮފީހުން ވަނި، އެ ތޫފާނާއި ގުޅިގެން ކުރިން ނެރުނު ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފައެވެ. އެ ސަމާލަކީ އެސްއޯޕީގެ ދަށުން މެޓް އޮފީހުގެ ކޮންސާން އޭރިއާއަށް ތޫފާނެއް އުފެދިގެން އުޅޭތީ ނެރެފައިވާ ސަމާލެކެވެ.

މެޓް އޮފީހުން ފަހުން ރޭ ނެރުނު ސަމާލުގައި ވަނީ ތޫފާނު ބުރެވި ހުރީ ހއ. ކެލާގެ އިރުއުތުރުން ގާތްގަނޑަކަށް 870 ކިލޯމީޓަރު ދުރުގައި ކަމަށެވެ.

ނަމަވެސް މިއަދު މެންދުރު ފަހު ނެރުނު އެ ސަމާލުން ލިބޭ މައުލޫމާތުތަކުން އެ ތޫފާން ރާއްޖެއާ ކޮންމެވެސް ވަރަކަށް ކައިރިވެއްޖެއެވެ.

ALERT WHITE extended for cyclone “Burevi”
This is for information ONLY pic.twitter.com/yqxj76C2Q0

— Maldives Meteorology (@MetMaldives) December 3, 2020

އެ ސަމާލުގައި ބުނެފައި ވަނީ ތޫފާނު ބުރެވި ހުރީ ހއ. ކެލާގެ އިރުއުތުރުން ގާތްގަނޑަކަށް 760 ކިލޯމީޓަރު ދުރުގައި ކަމަށެވެ.

“މި ތޫފާން ދަތުރު ކުރަމުންދަނީ ހުޅަނގު-ހުޅަގުދެކުނުން، އިންޑިއާ ކަންޏާކުމާރީގެ އައްސޭރިފަށާއި ދިމާލަށް”.

އެ ތޫފާންގެ އަސަރުތައް ރާއްޖެއަށް ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގެ ސަރަހައްދުތަކުގައި ވައި ދަނީ ބާރުވަމުންނެވެ. އަދި ބައެއް ހިސާބުތަކަށް ވިއްސާރަ ވުމުގެ ކޮޅުމަތި ވަނީ ފެންނަން ފަށާފައެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ