ކޯޓުގައި ކައިވެނި ކޮށްދޭން ފަށައިފި

Loading

Facebook
Twitter
WhatsApp

ކޮވިޑް19އާއި ގުޅިގެން ކޯޓުން ބޭރުގައި އަދި ކޯޓުގައި ކައިވެނިކޮށްދިނުން މެދުކަނޑާލާފައި އޮތުމަށްފަހު ކުރިއެކޭ ވެސް އެއްގޮތަށް އަނެއްކާވެސް ކޯޓާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދޭން ފަށައިފި އެވެ.

ފެމެލީ ކޯޓުން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން އޮންލައިންކޮށް ކައިވެނި ކޮށްދިން ނަމަވެސް، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޯޓަށް މީހުން ހާޒިރުކޮށްގެން ކައިވެނިކޮށްދޭން ނިންމާފައިވާ ކަމަށެވެ.

މިއާއެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށްވެސް ކޯޓުން ވިދާޅުވެއެވެ.

ފެމެލީ ކޯޓުން ވިދާޅުވީ، ކޯޓުން ބޭރުގައި ކައިވެނީގެ މަޖިލިސް ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ފަރާތްތަކަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމުގެ ކަންތައް ހަމަޖެހޭނެ ކަމަށެވެ.

ކޯޓުން ބޭރުގައި ކައިވެނި ކޮށްދެވޭނީ ކޯޓުން ކަނޑައަޅުއްވައިފައިވާ އުސޫލާއި އެޗްޕީއޭ އިން ނެރޭ ގައިޑްލައިންތަކާއި އެއްގޮތްވާގޮތުގެ މަތިން ކަމަށް ކޯޓުން ވިދާޅުވެއެވެ.

އެގޮތުން ކައިވެނީގެ މަޖްލިސް ބާއްވަން ހަމަޖައްސާ ތަންތަނަކީ އެފަދަ މަޖްލިހެއް ބޭއްވުމަށް އެކަށީގެންވާ ގޮތަށް، އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައި ހުންނަ މީހުން ދިރިނޫޅޭ ތަނަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް