ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޔޮޓްމެރީނާއަކާއި ކްރޫޒް ޓަމިންލްއެއް އަޅާނެ ބަޔަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށް ޤާއިމްކުރުމަށް ހަމަޖައްސައިފައިވާ ކްރޫޒް ޓާމިނަލާއި ޔޮޓް މެރީނާ އަޅައިދޭނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން އިއުލާންކޮށްފިއެވެ.

މިކަމާއި ގުޅިގެން އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ވިދާޅުވެފައި ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޔޮޓް މެރީނާއެއް ޤާއިމްކޮށް ކްރޫޒް ޓާމިނަލް ހިންގުމަށް ޝައުގުވެރިވާ ފަރާތަކަށް އެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހަމަހަމަ ކަމާއިއެކު ފުރުސަތު ދިނުމުގެ ގޮތުން އީއައިއޯ ހުށަހެޅުމަށް އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ވަނީ ވިދާޅުވެފައެވެ.

އީއައިއޯގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން އެ ކޯޕަރޭޝަނުގެ ވެބްސައިޓުގައި ޢާންމުކޮށްފައިވެއެވެ. އެ އިއުލާނުގައި ވިދާޅުވެފައި ވަނީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އީއައިއޯ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

އީއައިއޯގައިވާ ކަންކަމަށް ބަލާއިރު އެބަޔެއްގެ މާލީ ގާބިލްކަމާއި މަސައްކަތުގެ ތަޖުރިބާއަށް އަދި މަޝްރޫއުގެ ސަބަބުން ލިބޭނެ ސޯޝިއޯ އިކޮނޮމިކް ފައިދާތަކަށް ބަލާނެ ކަމަށް އެޗްޑީސީ އިން ވަނީ ވިދާޅުވެފައެވެ.

އެ ކުންފުނީގެ ޑިރެކްޓަރުން އީއައިއޯ އަށް ރުހުން ދެއްވައިފިނަމަ ފްރޭމްވީކް އެގްރީމެންޓާއި އެކު ކުރިއަށްދާނެ ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް