ކަރަންޓީނު ވާންޖެހޭ މުއްދަތު ކުރުކުރުމަށް މަޝްވަރާ ކުރަނީ

11

ކަރަންޓީނުވާންޖެހޭ މުއްދަތު 10ދުވަހަށް ކުރުކުރުމަށް މަޝްވަރާ ކުރަން ފަށައިފިއެވެ.

މީޑިއާތަކުން ރިޕޯޓް ކުރަމުންދާ ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ސިއްހީ ދާއިރާގެ އިސް ބޭފުޅުންނާއި ޑޮކްޓަރުން އަދި ތަޖުރިބާކާރުން ބައްދަލު ކުރައްވައި ރާއްޖޭގައި 14 ދުވަސް ވަންދެން ކަރަންޓީންގައި ތިބޭ ގޮތަށް އޮތް އޮތުން ބަދަލު ކުރުމަށް މަޝްވަރާ ކުރަށްވައިފައެވެ.

މިއަދުގެ ވަގުތެއްގައި އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށްވެއެވެ.

ކަރަންޓީންގެ މުއްދަތު 10 ދުވަހަށް ކުރު ކުރަން ނިންމި ކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) ވަނީ އިއުލާން ކުރައްވައިފައެވެ. އަދި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އެ ޓުވީޓު ރީޓުވީޓު ކުރައްވައިފައިވެއެވެ.

ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ކަރަންޓީންގެ މުއްދަތު 10 ދުވަހަށް ކުރު ކުރަން ނިންމުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި މިނިސްޓަރު މައުސޫމަށް ޝުކުރު ދަންނަވައިފައެވެ. އަދި މިކަމުގެ ސަބަބުން ގެސްޓްހައުސްގެ ވިޔަފާރި ފުޅާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު، ކަރަންޓީންގެ މުއްދަތު 10 ދުވަހަށް އިތުރު ކުރަން ނިންމި ކަން ރައީސް އޮފީހުން ވަނީ ދޮގު ކުރައްވައިފައެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ