"ކޮތަރު ކޮށިން" ޤާނޫނީ ހައިސިއްޔަތު ހޯދައިފި

Loading

Facebook
Twitter
WhatsApp

ބޯހިޔާވަހިކަން ހޯދުމުގެ މައްސަލައިގައި ޙައްޤުތައް ހޯދުމަށް އަޑުއުފުލަމުން އައި ”ކޮތަރު ކޮށި“ ގްރޫޕުން ”އާއްމުންގެ އެކުވެރި ގުޅުން“ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓްރީ ކޮށްފިއެވެ.

ޖަމިއްޔާ ރަޖިސްޓްރީ ވުމާއި ގުޅިގެން އެޖަމިއްޔާ އިން ރޭ ބުނީ މިވަގުތު އެ ޖަމިއްޔާއިން އެއްމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރިއަށް ގެންދާނީ ހިޔާ ފްލެޓާއި ގުޅުން ހުރި މަސައްކަތްތަކެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ސިޔާސީ ވެރިންނާއި ބައްދަލުކޮށް ”ކޮތަރު ކޮށި“ ގްރޫޕުގެ 3700 މެންބަރުންގެ ހައްގުގައި ވާހަކަ ދައްކަން މިހާރު ވެސް އެޖަމިއްޔާ އިން ވަނީ ދައުވަތު ދީފައެވެ.

އާއްމުންގެ އެކުވެރި ގުޅުމުން ބުނީ އެޖަމިއްޔާގެ މައިގަނޑު މަޤުޞަދަކީ އާއްމު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި މިނޫންވެސް އިޖުތިމާއީ މައްސަލަތަކުގައި އާއްމުންގެ އަޑު އުފުލައިދިނުމެވެ. މިފަދަ މައްސަލަތަކުގައި އާއްމުންނަށް އެކުވެރިކަމާއެކު އިދާރާތަށް ޖަވާބުދާރީ ކުރުވުމަށް މަސައްކަތްކުރާނެ މާހައުލެއް ހޯދައިދިނުމަކީ ވެސް ޖަމިއްޔާގެ މަޤުޞަދެއް ކަމަށް ޖަމިއްޔާ އިން ބުނެއެވެ.

ހުޅުމާލޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅައިދެއްވި 7000 ފްލެޓު ނުދީ ލަސްކުރަމުން ދާތީ އާއި އަދި ކުރިން ފްލެޓް ލިބުނު އެތައް ބައެއްގެ އަތުން ފްލެޓް އަތުލުމަށްފަހު ޝަރުތު ހަމަނުވާ އެހެން މީހުންނަށް ފްލެޓްތައް ބަހާލަމުން ގެންދާތީ ”ކޮތަރު ކޮށި“ ގްރޫޕުން ދަނީ މެދުކެނޑުމެއްނެތި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރާއްޖެ އަށް ދިމާވެފައިވާ އިޖްތިމާޢީ އެންމެ ބޮޑު އެއްމައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށް ވާތީ ”ކޮތަރު ކޮށި“ އަށް ޤާނޫނީ ހައިސިއްޔަތު ލިބުމާއިއެކު މީސް މީޑިއާގައި ވަރަށް ގިނަ ބަޔަކު އަންނަނީ އެކަމަށް މަރުޙަބާ ކިޔަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް