ސިފައިންގެ ވަޒީފާއަށް ވަނުމަށް ހުޅުވައިލައިފި

Loading

Facebook
Twitter
WhatsApp

ޑިފެންސް މިނިސްޓްރީ އިން ސިފައިންގެ ވަޒީފާއަށް ވަނުމަށް ހުޅުވައިލައިފިއެވެ.

ސިފައިންގެ ވަޒީފާ އަށް ކުރިމަތިލުމުގެ ޝަރުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތެއް ކަމުގައިވުމާއި ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމެވެ. އަދި ޢުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުމެވެ.

ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމެވެ.

މީގެ އިތުރުން ވަޒީފާއަށް ވަންނަނީ ފިރިހެނަކު ނަމަ 5 ފޫޓް 5 އިންޗި، އަންހެނަކުނަމަ، 5 ފޫޓް 3 އިންޗި ހުންނަން ޖެހޭނެއެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުމަކީ ވެސް ޝަރުތެކެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މިޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަވިއު ތަކަށާއި، ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެއެވެ.

މި އިޢުލާންގެ ބުނެފައިވާ ޢުމުރުފުރާ ބަލާ ތާރީޚަކީ 20 ޑިސެންބަރު 2020 އެވެ.

ޑިފެންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ސިފައިންގެ ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް ޑިފެންސްގެ ވެބްސައިޓް އަދި އެމްއެންޑީއެފްގެ ވެބްސައިޓް އިން ޑައުންލޯޑްކުރެވެން ހުންނާނެކަމަށެވެ.

ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ޑިސެންބަރު 17 ވަނަ ދުވަހު 14:00 ގެ ނިޔަލަށް އެމްއެންޑީއެފްގެ މަރުކަޒުތަކުންނެވެ. އަދި މިނިސްޓްރީ އޮފް ޑިފެންސްގެ [email protected] އީ-މެއިލް މެދުވެރިކޮށްވެސް ފޯމް ބަލައިގަނެވޭނެއެވެ.

އޭރިއާ ތަކުގައި އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ސިފައިންގެ ވަޒީފާއަށް އެދޭ ފޯމްގައި ބަޔާންކުރެވިފައިވާނެއެވެ. ސިފައިންގެ ވަޒީފާ އާއި ބެހޭ އިތުރު މަޢުލޫމާތު 3322607 އެކްސްޓެންޝަން 2141، 2142 އިން އަދި އެމްއެންޑީއެފްގެ ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެއެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް