ވޯޓްލާ މަރުކަޒަށް ހާޒިރުވުމަކީ ކަރަންޓީންގައި ތިބޭ މީހުންގެ ޒިންމާއެއް: އީސީ

އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާ މަރުކަޒަށް ހާޒިރުވުމަށް ހުއްދަ ހޯދާންޖެހޭ ފަރާތަކުން ހުއްދަ ހޯދައި، ވޯޓުލާ މަރުކަޒަށް ހާޒިރުވުމަކީ އެ މީހެއްގެ ޒިންމާއެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ކޮވިޑް-19 އާ ގުޅިގެން އައިސޮލޭޝަނުގައި ތިބޭ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގައި ބުނެފިއެވެ. އުސޫލުގައި ބުނެފައި ވަނީ ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންނާއި، ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން، 2021 އެޕްރީލް 10 ވަނަ […]

ތާރީޚު ދިރާސާކުރުމަކީ މަތީތައުލީމު ހޯދާ ދަރިވަރުން ކުރަން ޖެހޭ ޤައުމީ މަސައްކަތެއް – ރައީސް

ރާއްޖޭގެ ދިގު އަދި މުއްސަނދި ތާރީޚު ދިރާސާކޮށް، ލިޔެ، ރައްކައުކުރުމަކީ، ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ސިފަ ކުރައްވައިފިއެވެ. އެ މަނިކުފާނު މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، އަލްޤާޞީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ ”ތާރީޚް އިސްލާމި ދީބާ މަޙަލް“ ގެ ދިވެހި ތަރުޖަމާ ރަސްމީކޮށް ނެރެދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ”ތާރީޚް އިސްލާމި ދީބާ މަޙަލް“ […]

300 މީހުން މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވެއްޖެ

މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާޢްޖެ އިން އިތުރު 300 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިއަދަކީ މިހައިތަނަށް ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. މިއަދު މާލެ އިން 94 މީހަކު ކޮވިޑަށް ފައްސިވިއެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 96 މީހުންނާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުން 95 މީހުންނާއި ރިސޯޓްތަކުން 15 މީހުން މިއަދު ފައްސިވިއެވެ. އިއްޔެ […]

ގިނަ އަދަދެއްގެ ބަނގުރަލާއިއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

މަސްވެރިންގެ ޕާކް ކައިރީ އޮތް ފެރީއެއް ފާސްކޮށް ފުލުހުން މިއަދު ހަވީރު ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިއަދު ހަވީރު މާލޭގައި ހިނގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއިއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތިން ބިދޭސީއަކާއި ދިވެއްސެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން މިއަދު އަތުލައިގަތީ ކިހައި އަދަދެއްގެ ބަނގުރަލެއް […]

ބްރޯޑްކޮމް އަށް ކުރިމަތިލި ތިން ބޭފުޅުންގެ ނަން ކޮމިޓީ އަށް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލި ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ އަށް ފޮނުވައިފިއެވެ. ބްރޯޑްކޮމް އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަންގެހުންނެވި އައިމިނަތު ސަހާރަތު އިއްޒަތުގެ މެމްބަރު ކަމުގެ މުއްދަތު ހަމަވާތީއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ސިޓީފުޅުގައި ވަނީ ޝިފްލާ ހިމެނޭ ހެން ތިން ބޭފުޅެއްގެ ނަން މަޖިލިހަށް ހުށަހަޅުއްވައިފައެވެ. އެކަމަކު، ޝިފްލާގެ ނަން އޮތީ ރައީސް ސޯލިހް ފޮނުއްވި ލިސްޓްގެ ދެ ވަނައިގައެވެ. […]

މޫސުން ގޯސްވެ، ކަނޑުގަދަވެއްޖެ

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ދުވަސް ވަރެއްކަމަށް ލަފާކޮށް އަދި ރީނދޫ ސަމާލު ނެރެފައިވާތިވެ، ޚާއްޞަކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައްގަދަވެ، ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު […]

ރައީސް ނަޝީދާއި މިނިސްޓަރ ފައްޔާޒު އަނެއްކާވެސް ޒުވާބަކަށް! 

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މިރޭ އަނެއްކާވެސް އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ޒުވާބު ކުރައްވާ ”ކޮރަޕްޝަންގެ ބަހުސް“ އަނެއްކާވެސް ތިލަކުރައްވައިފިއެވެ. މިރޭ ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒު ”ފޮރުވަން“ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ސަބަބުން އެމަނިކުފާނު ”ހަލާކުވާނެ“ ކަމަށެވެ. ދެބޭފުޅުންގެ ޒުވާބު މިރޭ ފެށުނީ ފައްޔާޒް ފޮރުވަން ކުރާ މަސައްކަތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހަލާކު ވެދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުންނެވެ. އެ […]

ޝިއުނާ ވަކި ކުރަން އެމްޑީޕީ ޕީޖީގެ ތާއީދެއް ނުލިބުނު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ވަކި ކުރަން ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މެމްބަރުންގެ މެޖޯރިޓީ ނުލިބުނު ކަމުގެ މައުލޫމާތު ލިބިއްޖެއެވެ. އެމްޑީޕީގެ މެމްބަރަކު ވިދާޅުވީ ޝިއުނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ފެނޭތޯ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ނެގި ވޯޓުގައި ޝިއުނާ ވަކި ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 13 މެމްބަރުން ކަމަށެވެ. އެ މައްސަލަ ޕީޖީ ގްރޫޕަށް ހުށަހެޅުއްވީ […]

ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 273،000 މީހަކަށް ލިބޭ

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 273،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެންމެ ފަހުގެ ވޯޓާސް ލިސްޓުގެ އަދަދަކީ 273،128 މީހުން ކަމަށެވެ.  އޭގެ ތެރެއިން 5،134 މީހުންނަކީ އިންތިހާބު ފަސްކުރުމުން، އެއް އަހަރުގެ ތެރޭގައި 18 އަހަރު ފުރޭ މީހުން […]

ހުރިހާ ގަޑިއެއްގައި ވެހިކަލް ދުއްވުން ހުއްދަކޮށް، ޕާކްތައް ވެސް ހުޅުވާލައިފި 

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ވަކި ވަގުތުތަކެއްގައި ވެހިކަލް ނުދުއްވޭ ގޮތަށް އޮތް އޮތުމާއި ޕާކްތަކާއި މައިޒާންތައް ބަންދުކުރަން އަންގާފައި އޮތް އެންގުން ބާތިލްކޮށްފިއެވެ. ބަލި ކޮންޓްރޯލް ކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އަޅުއްވާފައިވާ ފިޔަވަޅުތައް އޭނާ އުވާލެވީ ރޭ ދަންވަރުއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ރޭ ދަންވަރު ނެރުނު އެންގުމުގައި ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅާންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅޭ ގޮތަށް […]