ގިނަ އަދަދެއްގެ ބަނގުރަލާއިއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

މަސްވެރިންގެ ޕާކް ކައިރީ އޮތް ފެރީއެއް ފާސްކޮށް ފުލުހުން މިއަދު ހަވީރު ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިއަދު ހަވީރު މާލޭގައި ހިނގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއިއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތިން ބިދޭސީއަކާއި ދިވެއްސެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިއަދު އަތުލައިގަތީ ކިހައި އަދަދެއްގެ ބަނގުރަލެއް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

މިމައްސަލަ އިތުރަށް ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް