ވޯޓްލާ މަރުކަޒަށް ހާޒިރުވުމަކީ ކަރަންޓީންގައި ތިބޭ މީހުންގެ ޒިންމާއެއް: އީސީ

Loading

Facebook
Twitter
WhatsApp

އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާ މަރުކަޒަށް ހާޒިރުވުމަށް ހުއްދަ ހޯދާންޖެހޭ ފަރާތަކުން ހުއްދަ ހޯދައި، ވޯޓުލާ މަރުކަޒަށް ހާޒިރުވުމަކީ އެ މީހެއްގެ ޒިންމާއެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ކޮވިޑް-19 އާ ގުޅިގެން އައިސޮލޭޝަނުގައި ތިބޭ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގައި ބުނެފިއެވެ.

އުސޫލުގައި ބުނެފައި ވަނީ ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންނާއި، ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން، 2021 އެޕްރީލް 10 ވަނަ ދުވަހުގެ ނިޔަލަށް އައިސޮލޭޝަނުން ނުވަތަ ކަރަންޓީނުން ނުވީއްލޭނެ ފަރާތްތަކާ ބެހޭ މަޢުލޫމާތު، 2021 އެޕްރީލް 8 ވަނަ ދުވަހުގެ ރޭ 20:00 ގެ ކުރީން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން، އިލެކްޝަންސް ކޮމިޝަނަށް ދޭންވާނެއެވެ.

އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން ވޯޓުލާން ބޭނުންވާ މީހުން، ވޯޓުލުން ނިންމުމަށް ކަނޑައަޅައިފައިވާ ގަޑީގެ ފަސްގަޑިއިރުގެ ކުރިން، އެ މީހަކު ވޯޓުލާން ބޭނުންވާކަމުގެ މަޢުލޫމާތު، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ރަށު ޓާސްކްފޯސް މެދުވެރިކޮށް، އިލެކްޝަންސް ކޮމިޝަނުން ޢައްޔަނު ކޮށްފައިވާ ފޯކަލް ޕޮއިންޓަށް އަންގާންވާނެ ކަމަށް އުސޫލުގައި ބުނެއެވެ. މާލޭ ސަރަޙައްދުގައި ނަމަ، އެފަދަ މީހުންގެ މަޢުލޫމާތު، ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް އަންގާނީ، މާލޭގައި ހުންނަ އިލެކްޝަންސް ކޯޑިނޭޝަން ސެންޓަރު މެދުވެރިކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީންނެވެ.

އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓު ލެވޭނީ، އެ މީހަކު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފޮށްޓަށެވެ.

އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓުލުމަށް ފުރުޞަތު ދޭންވާނީ، އެ ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ކިޔޫ ބަންދުކުރާ ގަޑިއާ ހަމަޔަށް ކިޔޫގައި ތިބޭ މީހުން ވޯޓުލާ ނިމުމުންނެވެ.

އައިސޮލޭޝަނުގައި ތިބި މީހުންނާއި ކަރަންޓީނުގައި ތިބި މީހުން ވޯޓުލުމަށް އާންމުކޮށްފައިވާ ޚާއްޞަ ގަޑިއަކީ، ހަވީރު 17:00 އިން 18:00 އަށް ކަމަށާއި ނުވަތަ އެ ވޯޓުލާ މަރުކަޒަކަށް އައިސް ކިއުގައި ތިބި މީހުން ވޯޓުލާ ނިމެންދެން ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

ފަައްސިވެ އެކަހެރިކޮށްފައިވާ މީހުންނާއި، ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ހަރަކާތްތެރިވާނެ އޮފިޝަލުން، ކަންތައް ކުރަން ޖެހޭނެ ގޮތްތަކެއް ވެސް އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

އުސޫލުގައި ބުނެފައިވާ ގޮތުގައި އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުން މަރުކަޒަށް ވެއްދުމުގެ ކުރިން ސެނިޓައިޒް ކުރަން ޖެހޭނެއެވެ. އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ހުންނަ މީހަކު މަރުކަޒަށް ވައްދާއިރު، ދެންތިބި އޮފިޝަލުން ތިބީ ހަފޫޓު ދުރުމިނުގައިކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެއެވެ.

އަދި އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުން، ވޯޓުލާ މަރުކަޒުގައި ބޭނުންކުރާ އެއްވެސް އެއްޗެއްގައްޔާއި އެއްވެސް ތަނެއްގައި އަތްނުލަން ވެސް އުސޫލުގައި ވަނީ ބުނެފައެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް