ފައިސާގެ އާ ނޫޓް ޗާޕްކޮށްފި
ދިވެހި ރުފިޔާގެ އާ ނޫޓްތަކެއް ޗާޕް ކޮށްފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ ޗާޕްކޮށްފައިވަނީ ރަންދިހަ ފަހެއް ފައިސާ ނޫޓު ސީރީޒްގައި ހިމެނޭ 50 ރުފިޔާގެ ނޫޓް ކަމަށެވެ. އަދި މި ނޫޓު ޗާޕްކުރަން ޖެހުނީ ސްޓޮކް މަދުވުމުގެ ސަބަބުން ކަމަށް ވެސް އެމްއެމްއޭއިން ހާމަކުރެއެވެ. ނަމަވެސް އެއީ ކިހާ ފައިސާ އެއްކަމަށް އެމްއެމްއޭ އިން ހާމައެއް ނުކުރެއެވެ. އެމްއެމްއޭއިން ބުނީ އަލަށް، ޗާޕުކޮށްގެން ގެނައި ނޫޓުތައް ރާއްޖެގަނައި އިއްޔެ ކަމަށާ އެ […]
ވެމްކޯ އެއްބަސްވުމުގެ މައްސަލަ މަޖިލީހަށް
ކުނި އުކާލުމުގެ ހިދުމަތް ދެމުން އަންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި އެކު މާލޭ ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުން އައު ނުކުރުމަށް ސިޓީ ކައުންސިލުން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅައިފި އެވެ. މި މައްސަލަ ކޮމިޓީއަށް ހުށަހެއްޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ. މާލޭ ސިޓީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއިން ކުރަމުން އަންނައިރު ވެމްކޯގެ މަސައްކަތާމެދު މާލޭ ސިޓީ ކައުންސިލުން ހިތްހަމައެއް […]
އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިން ކުރިކަމަށް ތުހުމަތުކުރެވޭ
ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގާފައިވާ ގިނަ އަދަދެއްގެ މީހުންގެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިން ކުރިކަމުގެ ތުހުމަތު ކުރެވޭ ދެ މީހުންގެ މުއްދަތު ކޯޓުން ޖަހައިފިއެވެ. އަލަމްގީރު ގިނައަދަދެއްގެ މީހުންނާއެކު އެއްޖިންސުން ގުޅުން ހިންގައި ވީޑިއޯކޮށްފައިވާއިރު، އެ ވީޑިއޯތައް ބޭނުންކޮށް ބްލެކްމެއިލް ކުރުމުގައި ފަސް މީހަކަށް ތުހުމަތުކުރެވޭ އިތު އޭގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށް ވަނީ މުއްދަތު ޖަހާފައެވެ. އެ ތުހުމަތުތަކުގައި ހައްޔަރުކޮށްފައިވާ އެކަކީ ހަމްދޫން އަބްދުއްލާ (37 އ) އެވެ. އޭނާ […]
އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާ އަށް ވެސް އަލަމްގީރު އިއުތިރާފްވެއްޖެ
ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއްޖިންސުން ގުޅުން ހިންގައިފައިވާ ބަންގްލަދޭޝް ރައްޔިތެއްކަމށްވާ އަލަމްގީރަށް ދައުލަތުން އުފުލާފައިވާ އޮރިޔާ ކާޑުހެދުމުގެ 40 ދައުވާ އަށް ވެސް އޭނާ އިއުތިރާފްވެއްޖެއެވެ. އަލަމް ގީރަށް ދައުވާކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ ދަށުން އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާކަމަށެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވީ ސިއްރުކޮށެވެ. އެ އަޑު އެހުމުގައި އަލަމްގީރު އޭނާގެ މަށްޗަށް އުފުލާފައިވާ އޮރިޔާން ކާޑް ހެދުމުގެ 40 ދައުވާ އަށް […]
އަނެއްކާވެސް ފުލުހަކަށް ހަމަލާދީ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި
ފުލުހުންނަށް އިންޒާރު މާރާމާރީ ހިންގި މީހަކު އއ. ތޮއްޑޫން ރޭ ހައްޔަރުކޮށްފިއެވެ. މި ހާދިސާގައި އަނިޔާވި ފުލުހުންގެ މީހާއަށް ތޮއްޑޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާ އެ މީހާ ހައްޔަރުކުރީ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެފައިވަނިކޮށް އަންހެން މީހާގެ ނުރުހުމުގައި އޭނާގެ ގެއަށް ފިރިހެން މީހާ ވަދެ އެގެއިން ނިކުތުމަށް ދެކޮޅު ހެދުމުން […]
އުމްރާއަށް މީހުން ގެންދިއުމަށް އިތުރު ކުންފުނިތަކަށް ހުއްދަ ދީފި
ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް އިތުރު ތިން ކުންފުންޏަށް ހުއްދަ ދީފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ދީފައިވާ ކުންފުނިތަކަކީ މަހަލްދީބް ހއްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑާއި، ރައުޟާ ލިލްހައްޖި ވަލްއުމްރާ ޕްރައިވެޓް ލިމިޓެޑާއި، ޘާބިތު ލިލްހައްޖި ވަލްއުމްރާ ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ކުންފުނިތަކަށް ދޫކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ހުއްދައެއް ކަމަށެވެ. ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ 44 ކުންފުންޏަކަށް މިހާތަނަށް […]
ވޯޓާ ތީމް ޕާކް އަތުލުން މަޑުޖައްސާލުމަށް އަމުރުކޮށްފި
ހުޅުމާލޭގައި ވޯޓާ ތީމް ޕާކް ތަރައްގީކުރުމަށް ބޭރުކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް އެ ބިން އަތުލުމަށް އެޗްޑީސީން ނިންމި ނިންމުމަށް ފަސްކުރުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ. ހހުޅުމާލޭގައި ވޯޓާ ތީމް ޕާކަކާއި 6 ބުރީގެ ހޮޓަލެއް އަޅަން ބޭރުގެ ކުންފުންޏެއްކަމަށްވާ ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ އާއި ހަވާލުކުރީ 2017 ވަނައަހަރުއެވެ. އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެޗްޑީސީން ނިންމީ ޕްރޮޖެކްޓްގެ މަސައްކަތް އެކަށީގެންވާ ވަރަށް ނުކޮށް ގިނަ ދުވަސްވާތީ ކަމަށް […]
ރާއްޖޭގެ ކޮވިޑް ވެކްސިން ޕްރޮގްރާމަށް އޭޑީބީން 10 މިލިއަން ޑޮލަރުގެ އެހީއެއް
ރާއްޖޭގެ ކޮވިޑްވެކްސިން ޕްރޮގްރާމަށް އެހީވުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމަންޓު ބޭންކު (އޭޑީބީ)ން 154 މިލިއަން ރުފިޔާގެ ( 10 މިލިއަން ޑޮލަރު)ގެ އެހީއެއް ރާއްޖެއަށް ދިނުމަށް ނިންމައިފިއެވެ.އޭޑީބީން މި އެހީ ދެނީ އޭޑީބީގެ އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީގެ ދަށުންނެވެ. މި އެހީގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތަށް، 7 ލޯންޗާއި، 2 ރެފްރިޖެރޭޓަޑު ލޮރީ، އަދި 2 ވޭން ހޯދުމަށް ވަނީ ނިންމާފައެވެ. އޭޑިބީން ބުނީ ކޮވިޑް ވެކްސިން ޕްރޮގްރާމަށް […]
މަސް ދޯންޏެއް ފަރަށް އަރައި ބިންދައިގެންގޮސްސި
”ހުދަންބަރު 12“ ނަމަކަށް ކިޔާ މާފަރު މަސް ދޯންޏެއް ފަރަކަށް އަރައި ބިންދައިގެން ގޮސްސިއެވެ. ރޭ ދަންވަރު މި ދޯނި ފަރަށް އެރިއިރު ދޯނީގައި 12 މީހުން ތިބި އިރު 10 ޓަނު މަސް ހުރިކަމަށް ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދޯނި ފަރަކަށް އަރާފައި ވަނީ ދޯނީގެ ކެޔޮޅު ފަތިސްނަމާދު ކުރަން އެހެން މީހެއްއަތަށް ހުންގާނު ދިން ފަހުންނެވެ. އެމްއެންޑީއެފްން ބުނީ މިހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 6:30 ހާއިރު ލިބުނުކަމަށާ ދޯންޏަށް އެހީވަމުން […]
އެއާޕޯޓްތަކަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކާއެކު އެއްބަސްވުމުގެ ސޮއިކުރުމާ ހިސާބަށް ގޮސްސި: އަސްލަމް
ރާއްޖޭގައި އަލަށް ތަރައްގީކުރާ އެއާޕޯޓްތަކަށް ޕްރޮޕޯސަލް ހުށަހެޅި ކުންފުނި ތަކާއެކު އެއްބަސްވުމުގެ ސޮއިކުރުމާ ހިސާބަށް މަސައްކަތްގޮސްފައިވާ ކަމަށް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެއާޕޯޓްތަކަށް ޕްރޮޕޯސަލްތައް ހުށހެޅި ތިން ކުންފުނިންވެސް މި މަސައްކަތަށް ސީރިއަސް ކަމަށާ، އެކުންފުނި ތަކާ އެކު އެގްރިމެންޓްގައި ސޮއިކުރުމާ ހިސާބަށް މަސައްކަތް […]