މަސް ދޯންޏެއް ފަރަށް އަރައި ބިންދައިގެންގޮސްސި

Loading

Facebook
Twitter
WhatsApp

”ހުދަންބަރު 12“ ނަމަކަށް ކިޔާ މާފަރު މަސް ދޯންޏެއް ފަރަކަށް އަރައި ބިންދައިގެން ގޮސްސިއެވެ.

ރޭ ދަންވަރު މި ދޯނި ފަރަށް އެރިއިރު ދޯނީގައި 12 މީހުން ތިބި އިރު 10 ޓަނު މަސް ހުރިކަމަށް ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދޯނި  ފަރަކަށް އަރާފައި ވަނީ ދޯނީގެ ކެޔޮޅު ފަތިސްނަމާދު ކުރަން އެހެން މީހެއްއަތަށް ހުންގާނު ދިން ފަހުންނެވެ.

އެމްއެންޑީއެފްން ބުނީ މިހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 6:30 ހާއިރު ލިބުނުކަމަށާ ދޯންޏަށް އެހީވަމުން އަންނަކަމަވެ.

މިހާދިސާ ހިނގިއިރު ދޯނީގައި ތިބި އެންމެންގެ ހާލުވެސް ރަގަޅުއެވެ.
ފ. ހިމިތީ ފަރަށް އެރި މި މަސްދޯންޏަށް އެހީވާން އެ ފަރާ އެންމެ ކައިރީގައި އޮންނަ ފީއަލީ މީހުން ވަނީ އެހީވެފައެވެ.

ފީއަލީ ކައުންސިލުން ބުނީ  މިހާދިސާގެ މައުލޫމާތު ލިބުމާ އެކު ފީއަލީގެ ދެ ދޯންޏެއް އެ ސަރަހައްދަށް ގޮސް އެ ދޯންޏަށް އެހީވި ކަމަށާ އެ ދޯނީގައި ތިބި މީހުންނަށް އެހީވިކަމަށެވެ. އަދި މިހާދިސާއާއި ގުޅިގެން ދޯނީގައި ތި ދެ މީހަކަށް ކުދި ވަރުގެ އަނިޔާ ވެފައިވާ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް