ވެމްކޯ އެއްބަސްވުމުގެ މައްސަލަ މަޖިލީހަށް

Facebook
Twitter
WhatsApp
big_RCg8DFG56hDPJmq

ކުނި އުކާލުމުގެ ހިދުމަތް ދެމުން އަންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި އެކު މާލޭ ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުން އައު ނުކުރުމަށް ސިޓީ ކައުންސިލުން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅައިފި އެވެ.

މި  މައްސަލަ   ކޮމިޓީއަށް ހުށަހެއްޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.

މާލޭ ސިޓީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއިން ކުރަމުން އަންނައިރު ވެމްކޯގެ މަސައްކަތާމެދު މާލޭ ސިޓީ ކައުންސިލުން ހިތްހަމައެއް ނުޖެހެއެވެ.  މާލޭ މޭޔަރު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މާލެ އާއި ވިލިމާލޭގެ ޕާކުތަކާއި މައިޒާންތައް އަދި ރަށުތެރެ ސާފުކުރުމުގެ މަސައްކަތަށް ސިޓީ ކައުންސިލުން ވެމްކޯ އަށް ކޮންމެ މަހަކު ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ ދޭންޖެހެ އެވެ. އޭގެ ތެރޭގައި ކުނި ހިފައިގެން ދާ ޕިކަޕްގެ ޗާޖު ވެސް ހިމެނޭ ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.

ސިޓީ ކައުންސިލުން ގަބޫލު ކުރާ ގޮތުގައި އެ ކައުންސިލުން މިހާރު ދެމުން އަންނަ 2.5 މިލިއަން ރުފިޔާއަށް ވުރެ އަގު ހެޔޮކޮށް އެ ކައުންސިލުން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

މާލޭ ސިޓީ ކައުންސިލުން ވެމްކޯއާއެކީ ވެފައިވާ އެއްބަސްވުން އާ ނުކުރުމަށް ސިޓީ ކައުންސިލުން ނިންމި މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު ރޮޒައިނާ ވިދާޅުވީ ސިޓީ ކައުންސިލް އުފެއްދީ އެފަދައިން ނިކަމެތި ރައްޔިތުންނާ ދޭތެރޭގައި އަނިޔާވެރިވާކަށް ނޫން ކަމަށެވެ. ރޮޒެއިނާ ފާހަގަ ކުރައްވާ ގޮތުގައި އެކަމުގެ ސަބަބުން ވެމްކޯގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ އަންހެނުން ނިކަމެތި ކުރެވެނީއެވެ.

ކުނި އުކުމުގެ މަސައްކަތަކީ ބަންގްލަދޭޝް މީހުންނަށް ހާއްސަ ކަމެއްގެ ގޮތުގައި ޒަމާނުއްސުރެ ދެކެމުން އައި އައުން ބަދަލުކޮށްލީ ވެމްކޯ އިންނެވެ. މާލެއާއި ވިލިމާލެ ކުނި ކަހާ ސާފު ކުރުމަށް ވެމްކޯއިން މުޅިންހެން ގެންގުޅެނީ ދިވެހި މުވައްޒަފުންނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް