އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިން ކުރިކަމަށް ތުހުމަތުކުރެވޭ

Loading

Facebook
Twitter
WhatsApp

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގާފައިވާ ގިނަ އަދަދެއްގެ މީހުންގެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިން ކުރިކަމުގެ ތުހުމަތު ކުރެވޭ ދެ މީހުންގެ މުއްދަތު ކޯޓުން ޖަހައިފިއެވެ.

އަލަމްގީރު ގިނައަދަދެއްގެ މީހުންނާއެކު އެއްޖިންސުން ގުޅުން ހިންގައި ވީޑިއޯކޮށްފައިވާއިރު، އެ ވީޑިއޯތައް ބޭނުންކޮށް ބްލެކްމެއިލް ކުރުމުގައި ފަސް މީހަކަށް ތުހުމަތުކުރެވޭ އިތު  އޭގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށް ވަނީ މުއްދަތު ޖަހާފައެވެ.

އެ ތުހުމަތުތަކުގައި ހައްޔަރުކޮށްފައިވާ އެކަކީ ހަމްދޫން އަބްދުއްލާ (37 އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފުތާގައި ހދ. ހަނިމާދޫ އިންނެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ދެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހެކެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހަމްދޫންގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު 24 އަހަރުގެ މީހާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހާފަ އެވެ.

ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރުތައް ރެކޯޑް ކުރި އެޕާޓްމަންޓް ކުއްޔަށް ހިފައިގެން އުޅުނީ ހަމްދޫން އެވެ.

މި ވީޑިއޯތަކުގައި ހިމެނޭ އަލަމްގީރަށް ދައުލަތުން އުފުލި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ތިން ދައުވާއަށް އިއުތިރާފްވެ އޭނާ އަންނަނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އަދި ދައުލަތުން ވަނީ އޮރިޔާން ކާޑް ހެދުމުގެ 40 ދައުވާ އެއްވެސް އޭނާގެ މަށްޗަށް އުފުލާފައެވެ. އިއްޔެ އަލަމްގީރު ވަނީ އެ 40 ދައުވާއަށް ވެސް އިއުތިރާފް ވެފައެވެ.

އަލަމްގީރު އާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައާއި ގުޅިގެން ތިން ދިވެއްސެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޯފުޅު އަދި ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރި އަބްދުއްރަހްމާން ރަފީއުއެވެ.
  މައްސަލައިގައި ނާޒިމް ސައްތާރަށް ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފައި ވާއިރު ރާފިއުއަށް އިއްވާފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް