ރާއްޖޭގެ ކޮވިޑް ވެކްސިން ޕްރޮގްރާމަށް އޭޑީބީން 10 މިލިއަން ޑޮލަރުގެ އެހީއެއް

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ކޮވިޑްވެކްސިން ޕްރޮގްރާމަށް އެހީވުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމަންޓު ބޭންކު (އޭޑީބީ)ން 154 މިލިއަން ރުފިޔާގެ ( 10 މިލިއަން ޑޮލަރު)ގެ  އެހީއެއް ރާއްޖެއަށް ދިނުމަށް ނިންމައިފިއެވެ.
އޭޑީބީން މި އެހީ ދެނީ އޭޑީބީގެ އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީގެ ދަށުންނެވެ.

މި އެހީގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތަށް، 7 ލޯންޗާއި، 2 ރެފްރިޖެރޭޓަޑު ލޮރީ، އަދި 2 ވޭން ހޯދުމަށް ވަނީ ނިންމާފައެވެ.

އޭޑިބީން ބުނީ ކޮވިޑް ވެކްސިން ޕްރޮގްރާމަށް އެހީވުމށް ދިން މި ފައިސާ ދިނީ ވެކްސިން ރައްކާކުރާ ފެސިލިޓީތައް ގާއިމްކުރުމުގެ އިތުރުން ވެކްސިން ޖެހުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ކަމަށެވެ.

މި އެހީގެ ސަބަބުން ވެކްސިން ރައްކާކުރުމަށް ސްޓޯރޭޖްތައް ގާއިމްކުރެވި މިކަމާއި ގުޅޭ އެހެނިހެން މަސައްކަތްތަކަށްވެސް އެހީތެރިވާނެކަމަށާ އަދި ވެކްސިން ޖެހުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ވެގެން ދާނެކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭޑިބީން ގަބޫލުކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް