އެއާޕޯޓްތަކަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކާއެކު އެއްބަސްވުމުގެ ސޮއިކުރުމާ ހިސާބަށް ގޮސްސި: އަސްލަމް

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި އަލަށް ތަރައްގީކުރާ އެއާޕޯޓްތަކަށް ޕްރޮޕޯސަލް ހުށަހެޅި ކުންފުނި ތަކާއެކު އެއްބަސްވުމުގެ ސޮއިކުރުމާ ހިސާބަށް މަސައްކަތްގޮސްފައިވާ ކަމަށް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ  އެއާޕޯޓްތަކަށް ޕްރޮޕޯސަލްތައް ހުށހެޅި ތިން ކުންފުނިންވެސް މި މަސައްކަތަށް ސީރިއަސް ކަމަށާ، އެކުންފުނި ތަކާ އެކު އެގްރިމެންޓްގައި ސޮއިކުރުމާ ހިސާބަށް މަސައްކަތް ގޮސްސި ކަމަށެވެ.

މިނިސްޓަރު ވިދާޅުވި އާ އެއާޕޯޓްތައް ތަރައްގީކުރުމުގެ މަޝްރޫއަށް މަދުވެގެން ތިން މިލިއަން ޑޮލަރު ޕްރޮޕޯޒް ކުރަންޖެހޭ ކަމަށެވެ.އަދި އެ ފަރާތްތަކުން ރިސޯޓެއް ހެދުމަށް ހޯދަން ބޭނުންވާ ރަށުގެ ސައިޒާއި އޮންނަ ތަނަކަށް ބަލާފަ އޭގެ ޖެހޭ އަގު ތިން މިލިއަން ޑޮލަރަށްވުރެ ކުޑަ ވިޔަސް ތިން މިލިއަން ޑޮލަރު ދޭންޖެހޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ފަރާތްތަކާއެކު ދެ ވަނަމަރުހަލާގެ އެއްބަސްވުމުގައި ސޮއިކުރާނީ 45 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ކަމަށާ އޭގެ ފަހުން ރަށާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީއާއެކު ލީޒް އެގްރީމެންޓަށް ދާނެ ކަމުގައިވެސް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.


ބ. ތުޅާދޫ، ތ ވިލިފުށި، ށ، ބިލެތްފަހި އަދި ހދ މަކުނުދޫގައި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަޅުމަށް ސަރުކާރުން އިއުލާން ކުރީ މިދިޔަ އަހަރުގެ ފެބުރުއަރީގައެވެ. ފަހުން މުއްދަތު އިތުރުކުރުމަށްފަހު އިއުލާންކުރީ މިދިޔަ އަހަރުގެ މާޗް އެއް ވަނަ ދުވަހަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް