ބޮޑުބެރު ރަމްޒުކޮށްދޭ ހިތްގައިމު ރީތި ރިސޯޓް

ދިވެހިންގެ ސަގާފަތާއި އާދަކާދައަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން އެންމެ ގަޔާވާ އެއްކަމެވެ. އޭގެ ތެރެއިންވެސް އެ އަޑެއް އިވުމުން ދިވެހިންގެ ލޭކައްކުވައިދޭ ބޮޑުބެރަކީ ފަތުވެރިންގެ ވެސް ލެއާ ކުޅޭލާ ހާއްސަ ކުޅިވަރެކެވެ. ބޮޑުބެރުޖަހަން ގެންގުޅޭ ބެރަކީ ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ރީތި ނަލަ އެއްޗެކެވެ. މި ނަލަކަން ނަމޫނާއަކަށް ނަގައިގެން ދުނިޔޭގެ މަޝްހޫރުކަން ހޯދަން މިފަހަރު މިސްރާބް ޖެހީ ރާއްޖޭގެ ރިސޯޓެކެވެ. މާލެ އަތޮޅުގައި ތަރައްގީކޮށްފައިވާ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް ރިސޯޓެވެ. ރިޓްޒް […]
މާލެސިޓީ ކައުންސިލްގެ އިދާރީ އޮފީހެއް ހުޅުމާލޭގައި ގާއިމް ކުރުމަށް ޖާގަ ދީފި

މާލެ ސިޓީ ކައުންސިލް އިދާރާގެ އިދާރީ އޮފީހެއް ހުޅުމާލޭގައި ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އޮފީސް ޖާގަ ސިޓީކައުންސިލަށް ލިބިއްޖެއެވެ. މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު ވަނީ އޮފީސް ހަދަން ޖާގަ ދިނުމާގުޅޭ ގޮތުން އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހައިލް […]
ތަފާތު ޑިޒައިނެއްގައި ހެދި މީދޫ ބަނދަރު ނިންމާލައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީ)ން ކުރިން ހަދާފައިވާ ބަނދަރުތަކާ ތަފާތު ޑިޒައިނެއްގައި ހެދި އައްޑޫ މީދޫ ބަނދަރުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ. އެމްޓީސީސީން ބުނީ މި ބަނދަރަކީ އާންމުކޮށް ރާއްޖޭގައި އެކުންފުނިން ތަރައްގީކުރަމުން އަންނަ ބަނދަރުތަކުގެ ޑިޒައިނާއި ތަފާތު ހިތްގައިމު ބަނދަރެއްކަމަށެވެ. ބޮޑުދިޔައިގައި ރަށަށް ރާޅުއެރުމުގެ މައްސަލަ ދިމާނުވާނެ ގޮތަށް އުސްކޮށްކަން ހަނދާފައިވާ މި ބަނދަރުގައި ވާ އައްސާނެ ކުޅިތަކުގެ އިތުރުން ވާ އައްސާ ބޮލާރޑްވެސް ވަނީ ހަރުކޮށްފައެވެ. ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް […]
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީ ވުމަށް ހާއްސަ ޕެކޭޖެއް

ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ހާއްސަ ޕެކޭޖެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ހަމަޖައްސާ ޕެކޭޖްގެ ދަށުން ޖިމްތަކާއި، ސެލޫންތަކާއި، ކެފޭތަކާއި ރެސްޓޯރަންޓްތަކުގެ އިތުރުން އެހެނިހެން ކުދި ވިޔަފާރިތަކަށް އެހީތެރިކަން ލިބޭނެކަމަށެވެ. މިނިސްޓަރު ޓްވީޓްގައި އިތުރަށް ވިދާޅުވީ މިނިސްޓްރީގެ ޓީމުގެ ގިނަ މެންބަރުންތަކެއް ކޮވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން މި ޕެކޭޖް ތައާރފްކުރުމަށް ލަސްތަކެއްވާ […]
ގާޑިއާއެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި ދުއްވަންއިންމީހާ ނުލިފާކަމަށް ބުނެފި

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ގާޑިޔަލެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިންމީހާ ބުނީ އޭނާ ފިލައިގެން ނޫޅޭކަމަށެވެ. އެ އެކްސިޑެންޓުގައި ސައިކަލު ފަހަތުގައި އިން އުމުރުން 22 އަހަރުގެ އިސްމާއީލް ޔަޒްދާނަށް ވަނީ ލިބުނު އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފަ އެވެ. ގަލޮޅު، ހުވަފެނީ ގޯޅީގައި ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ގާޑިއަލެއްގައި ޖެހިގެން ނުރައްކާތެރި އެކްސިޑެންޓް ވި އިރު ސައިކަލް ދުއްވަން އިނީ އަހްމަދު އާތިފް އަބްދުﷲ […]
ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލުމަށް ފާސްކޮށްފި

ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕު ޖެހުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން ފާސްކޮށްފި އެވެ. ރެވެނިއު ސްޓޭމްޕު ޖެހުން ހުއްޓަލުމަށް މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު އަލީޑަރު އަލީ އާޒިމް އެވެ. ބިލުގައި ބަޔާންކޮށްފައިވަނީ، ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ޚަރަދާ އަޅާބަލާއިރު ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއަކަށް ނުވާކަމަށެވެ. އަދި ގާނޫނުގެ ދަށުން ނަގަމުން އައިސްފައިވާ ރެވެނިއު ސްޓޭމްޕްގެ ފައިސާއަކީ […]
މަޖިލިސް ގޮއްވާލާނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮމެންޓްކުރި ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނެއްކަމަށެވެ. ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެކަމަށް ބުނެފައިވަނީ މަޖިލީހުގެ ޖަލްސާ ފޭސްބްކްން ލައިވް ކުރަމުން ދަނިކޮށް އެ އަށް ކޮމެންޓް ކުރި މީހެކެވެ. އަދި މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ ހަރާން ލާރި ކާ ބައެއް ކަމަށާއި، އެފަދަ ބަޔަކު ތިބޭ ތަނެއް ބަހައްޓާނެ ކަމެއް ނެތް ކަމަށް ބުނެ ކޮމެންޓެއް ކޮށްފައިވެއެވެ. ލައިވްކުރި […]
ރާއްޖޭގައި ފުށް އުފެއްދުމަށް މަސައްކަތް ކުރަންފަށައިފި

ރޯ ގޮދަން ރާއްޖެ ގެނެސް ރާއްޖޭގައި ފުށް އުފައްދަން ފެށުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެސްޓީއޯއިން ބުނެފި އެވެ. އެސްޓީއޯ އިން ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ގޮދަން ގެނެސް ފުށްތައްޔާރުކުރަން އެ ކުންފުނިން ވިސްނަނީ ފުޑް ސެކިއުރިޓީ ބޮޑުކުރަންކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އެނގިގެން ދިޔަ އެއް ކަމަކީ ރާއްޖެ އަށް ފުޑް ސެކިއުރިޓީގެ ޔަގީންކަން ބޮޑު ކުރަން ޖެހިފައިވާ ކަމެވެ. ރާއްޖޭގައި […]
އެސްޓީއޯގެ ހިއްސާއަކަށް 60 ރުފިޔާ ބަހަން ނިންމައިފި

މިދިޔަ އަހަރު އެސްޓީއޯ އަށް ލިބުނު ފައިދާ އިން ހިއްސާ އަކަށް 60 ރުފިޔާ ބެހުމަށް ފާސްކޮށްފި އެވެ. ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ހިއްސާގެ ފައިދާ ބަހަން ފާސްކޮށްފައިމިވަނީ އޮންލައިންކޮށް އެކުންފުނިން އިއްޔެ ބޭއްވި އަހަރީ އާއްމު ޖަލްސާގައެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ލިބުނުއިރު ސާފު ފައިދާގެ ގޮތުގައި 127 މިލިއަން ރުފިޔާ ވަނީ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ފައިދާއިން […]
އެއްފަހަރު ބޭނުންކޮށްފަ އުކާލާ ޕްލާސްޓިކް ބައެއްތަކެތި މަނާކުރުން ފަސްވެދާނެ

އެއްފަހަރު ބޭނުންކޮށްފައިވ އުކާލެވޭ ޒާތުގެ ޕްލާސްޓިން ރާއްޖެއަށް އެތެރެކުރުން މާދަމާއިން ފެށިގެން މަނާ ކުރަން ނިންމާފައި ވީނަމަވެސް މީގެއިން ބައެއް ތަކެތި މާނާކުރުމަށް ފަސްވެދާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކޮށްފިއެވެ. “ ދިވެހި ރާއްޖޭގެ އެކްޕޯޓް އިމްޕޯޓްގެ ގާނޫނު“ އަށް ގެނައި އިސްލާހުގައިވާ ގޮތުން މާދަމައިން ފެށިގެން ނުވަ ބާވަތެއްގެ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން މަނާވާނެއެވެ. ނަމަވެސް އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19 އާއި ގުޅިގެން އެފަދަ އެއްޗިއްސަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ. މި […]